ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ފިޔަވަހިން 20 ކިއޮސްކް ކުއްޔަށް ދޫކުރަނީ!

ކިއޮސްކްތަކުގެ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ 20 ކިއޮސްކް ކުއްޔަށް ނެގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެޗްޑީސީއިން ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީއިން އާންމުކޮށްފައިވާގޮތުން އެ ކުންފުނިންވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 20 ކިއޮސްކް ގާއިމުކޮށްފައެވެ. އެހެންކަމުން އެ ތަންތަން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަން ފާޅުކުރުމުގެ ގޮތުން ފުރުސަތު ހުޅުވާލާފައިވާކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިން ބުނެފައިވާގޮތުން ކިއޮސްކްތައް ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ ޝައުގުވެރިކަން ފާޅުކުރާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންތެރޭގައި ނެގޭ ގުރުއަތަކުންކަމަށެވެ. އެޗްޑީސީން ބުނެފައިވާގޮތުން ޝައުގުވެރިވާ ފަރާތްތަކުން ހުށައެޅުމަށް ބޭނުންވާ ފޯމު އެ ކުންފުނީގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި 25 އޮގަސްޓުން ފެށިގެން ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ނިޔަލަށް ފޯމު ދޫކުރާނެކަމަށްވެސް މައުލޫމާތު ދީފައިވާއިރު ރަސްމީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9:00 އިން 14:00 ގެ ނިޔަލަށް ލިބޭނެކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނެފައިވާގޮތުން އޮގަސްޓު 25 އިން ފެށިގެން ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ގުރުއަތު ނެގުން ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 10:00 ގައި ކުރިއަށް ގެންދާނެކަމަށްވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: