ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިކޮނޮމިކް މިނިސްޓްރީއިން ޕޭޕަލްއާއިއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފި!

މިނިސްޓަރު ސައީދު: ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އީކޮމާސްގެ މަސައްކަތްތަކުގައި ކުރިއަރުވައި ހަރުދަނާކުރުމުގެ ގޮތުން ޕޭޕަލްއާއިއެކު މަޝްވަރާތަކެއް ކުރިއަަށް ގެންގޮސްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއިންވަނީ ޕޭޕަލް ކުންފުނީގެ ގްލޯބަލް މާކެޓިން މަސައްކަތްތަކުގެ ރައީސް އާއިއެކު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިކަމަށާއި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތަކުގެ މަގުސަދަކީ އީކޮމާސްގެ ދާއިރާ ހަރުދަނާކުރުމުގައި އެ ކުންފުނީގެ އެހީތެރިކަން ހޯދުންކަމަށް ފާހަގަކުރެއްވިއެވެ.

ސައީދު ވިދާޅުވީ، މަސައްކަތްތަކުގެ އަމާޒަކީ ރާއްޖޭގައި އީކޮމާސްގެ ދާއިރާގައި ހުރި ދަތިތަކުން އަރައިގަނެ ޕޭޕަލް މެދުވެރިކޮށް ޕޭމަންޓުތައް ލިބިގަތުމުގައި ހުރި ހިރާސްތައް ކުޑަކުރުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތްތަކަކީ ރައީސް ޑރ މުއިއްޒުގެ އިގްތިސާދީ ތަސައްވުރުން ބައެއްކަމަށާއި އެހެންކަމުން މިނިސްޓްރީއިން އެ ލަނޑުދަނޑި ހާސިލުކުރުމަށް އަހައްމިޔަތު ދޭކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: