ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީޝެލްސްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ރާއްޖެ އައިސްފި

ރާއްޖެއަށް ޒިޔާރަތްކުރި ސީޝެލްސްގެ ވަފުދު: ފޮޓޯ/ އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ސީޝެލްސްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ވަފުދެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކޮށްފިއެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދީފައިވާގޮތުން ސީޝެލްސްގެ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ފަރާތުން ރާއްޖެއަށް އައިސްފައިވާ ވަފުދަށް އެ ކުންފުނިންވަނީ މަރުހަބާ ކިޔާފައިކަމަށެވެ. އަދި މިއީ މަސައްކަތްތަކުގެ ތަޖުރިބާ އާއި ލަފާ ހޯދުމުގެ ގޮތުން ކޮށްފައިވާ ދަތުރެއްކަމަށްވެސް ބުނެފައިވެއެވެ.

އެމްއޭސީއެލްއިން ބުނެފައިވާގޮތުން މި ޒިޔާރަތުގައި އެ ގައުމުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންތަނީ ޑެޖާކް އަދި މިނިސްޓްރީގެ އިސްވެރިން ބައިވެރިވާކަމަށެވެ. އަދި އެ ގައުމުގެ ސިވިލް އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތައްވެސް ބައިވެރިވާކަމަށާއި އެމްއޭސީއެލްގެ މެނޭޖުމަންޓުންވަނީ އެ ވަފުދާއި ބައްދަލުކޮށްފައިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ސީޝެލްސްގެ އެންމެ ބޮޑު މަގުސަދަކީ ވީއައިއޭ ތަރައްގީކުރުމުގެ މެގަ ޕްރޮޖެކްޓު ނިންމުމުގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ދެނެގަތުމާއި އެ ގައުުގެ ވައިގެ ބަނދަރު ތަރައްގީ ކުރުމުގައި އެ ތަޖުރިބާތަކުގެ ބޭނުން ހިފުންކަމަށް އެމްއޭސީއެލްއިން މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.

ރާއްޖެއަށް އައިސްފައިވާ ސީޝެލްސްގެ ޓީމުންވަނީ ވީއައިއޭގައި އަލަށް ގާއިމުކޮށްފައިވާ ފެސިލީޓީތައްވެސް ބަލާފައިކަމަށާއި އައު ޓާމިނަލްގެ މަސައްކަތްތައްވެސް ބަލާލާފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: