ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުފާ ސީޓި ނުލިބޭކަމަށް ބުނެ ވޯޓަށް އަހައި ޝަމީމް ވަކި ކުރީކަމަށް ފާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮރަިހއށް ލިބިފައި ނުވާކަމަށް ބުނެ ވޯޓަަސް އަހައި އޭނާ މަގާމުން ވަކިކޮށްފި އެވެ.

ވަކި ކުރާ މައްސަލައިގެ ވޯޓަަށް އެހުން ތާވަލުކޮށް ޖަލްސާ ފެށިތަނާ އިސްތިއުފާ ދެއްވިކަން ޝަމީމް އާންމު ކުރެއްވި އެވެ. އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ރަސްމީކޮށް އެކަން އިއުލާނު ކުރި އެވެ.

ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، މައްސަލައިގެ ވޯޓާ ހަމައަށް ދިޔައިރު އެ ސިޓީ ރައީސް އޮފީހަށް އަދި މަޖިލީހަށް ވެސް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު ޕީޖީ އޮފީހުން ބުނީ ޝަމީމް އިސްތިއުފާ ދިންކަން ހާމަކޮށް 09:05 ގައި ސިޓީ ފޮނުވި ކަމަށެވއ. މިރޭގެ ޖަލްސާ ފެށީ 09:00 ގަ އެވެ.

އެހެންވެ ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ސަރުކާރު މެމްބަރުން ޝަމީމަށް ވަރަށް ބޮޑަށް ނުރުހުންވެ ފާޑުވިދާޅުވި އެވެ. އަދި ޕްރެސްއެއް ބާއްވައި މެމްބަރުން ފޮތް ނުކިޔާކަމަށް ވިދާޅުވިކަމަށް ބުނެ ވެސް ނުރުހުންވި އެވެ.

އިސްތިއުފާގެ ސިޓީ ނުލިބޭތީ، ވޯޓަށް އެހުމުން ޝަމީމް މަގާމުން ވަކި ކުރަން ފެންނަކަމަށް 65 މެމްބަރުން ވޯޓު ދިނެވެ. އަދި ވަކި ކުރަން ނުފެންނަކަމަށް 09 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

އިސްތިއުފާގެ ސިޓީ ފޮނުވައި، ޝަމީމް ޕީޖީ އޮފީހުން ނިކުންނެވި ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެވަގުތު އޮފީހުގެ ހުރިހާ މުވައްޒަފުން ޝަމީމަށް ރަތް ދޫލައިގެ ފެއާވެލްއެއް ދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: