މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރަށް ހުށައެޅިގެންދިޔަ މައްސަލަތަކުގެ 82.9 އިންސައްތަ މަސައްކަތްތައް ނިންމާލެވުނުކަމަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަަދައްކަވަމުން ނައިބުރައީސް ނާޒިމް ވިދާޅުވީ، 22 ވަނަ ދުވަހުގެ ރޭގައި ބޭއްވިގެންދިޔައީ މި ދައުރުގެ އެންމެ ފަހު ޖަލްސާކަމަށެވެ. ނާޒިމް ވިދާޅުވީ، މި ދައުރުގައި ރައްޔިތުންގެ މި ދައުރުގައި މަޖިލީހުގެ ޖުމްލަ 33 ޖަލްސާ ބޭއްވިފައިވާކަމަށާއި މަޖިލީހުގެ ޖަލްސާތަކުގައި ޖުމުލަ 75 ގަޑިިއިރު ހޭދަކުރެވިފައިވާކަމަށް މައުލޫމާތު ދެއްވިއެވެ.
ނާޒިމް ވިދާޅުވީ، 232 ކޮމިޓީ ބައްދަލުވުންވެސް ޖުމުލަކޮށް ބޭއްވިފައިވާކަމަށާއި ޖުމުލަ 190 ގަޑީރާއި އޮނަތިރީސް މިނެޓު ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ހޭދަކޮށްފައިވާކަމަށެވެ. އަދި މަޖިލީހަށް ހުށައެޅި މައްސަލަތަކުގެ 82.9 އިންސައްތަ މަސައްކަތްތައް ވަނީ ނިންމާފައިކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ޗުއްޓީއަށް ވަޑައިގަންނަވާއިރު މެމްބަރުން ކުރައްވާފައިވާ އިހުލާސްތެރި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ދައުރުުގައި މަޖިލީހަށް މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން މުހިންމު ބިލުތަކެއް ފާސްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ދެވަނަ ދައުރު ފެށޭނީ އޮކްޓޯބަރު 1 ވަނަ ދުވަހުގައިކަމަށާއި ފުރަތަމަ ޖަލްސާ ބާއްވާނީ އެ މަހުގެ ފުރަތަމަ ހޯމަ ނުވަތަ ބުރާސްފަތި ދުވަހުގައިކަމަށް މައުލޫމާތު ދެއްވިއެވެ. ނާޒިމް ވިދާޅުވީ، އެއީ 3 ނުވަތަ 7 އޮކްޓޯބަރުކަމަށެވެ.

