ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތި ރައްކާތެރި ކުރުމަކަށް ފަސްޖެހި ދޫކޮށް ނުލާނަން: ޙަލީލު

މިނިސްޓަރ ޙަލީލު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިވަޔަޅެއް އަޅުއްވާނެކަމަށާއި، އެކަމަކީ ފަސްޖެހި ދޫކޮށްލަށްވާނެކަމެއް ނޫންކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބުދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުއާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ކާބޯތަކެތީގެ ޤާނޫނަކީ ދިވެހިރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ ކާބޯތަކެއްޗާއި ދިވެހިރާއްޖެއަށް އިމްޕޯޓުކުރާ ކާބޯތަކެތި އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރާ ކާބޯތަކެއްޗަކީ ރައްކާތެރި، ޞިއްޙަތަށް ފައިދާހުރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމަށްޓަކައި އެކުލެވާލެވިފައިވާ ގާނޫނެއް ކަމަށެވެ.

މި މިޤާނޫނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމާއި ޖިނާއި ކުށުގެ ދައުވާއާއި، ބިދޭސީ މަސައްކަތްތެރި އެއްނަމަ އެމީހާ ޑީޕޯޓްކޮށް ފިޔަވަޅުމުގެ ހަމަތައް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ޤާނޫނުގެ ދަށުން، ޤާނޫނާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި 10،000 އިން ފެށިގެން 50،000 ރުފިޔާ ދެމެދު ޖޫރިމަނާ ކުރެވޭކަމަށް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޖޫރިމަނާ 100،000 އާއި ހިސާބަށް ޖޫރިމަނާ ކުރެވޭ ގޮތަށް އޮންނަކަން ވަނީ ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން އެ ފަރާތްތަކުން ކާބޯތަކެތި ވިއްކުން މަނާކޮށް، ވިޔަފާރި ކުރުން ހުއްޓުވާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ގޭގައި ކާބޯތަކެތި ހަދާ ފަރާތްތަކުން މި ގާނޫނަށް އަމަލް ކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަން ޖެހޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަންމަތީ ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޮތަކެތީގެ ޓްރެކް ނުކުރެވުން ކަމަށެވެ. ނަމަވެސް އެ މައްސަލައަށް މި ގާނޫނުގެ ދަށުން ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ގާނޫނުގެ ދަށުން ވަކިން ހާއްސަ ލޭބަލްއެއް މިއިން ކޮންމެ އެއްޗަކާ އެކު އެޓޭޗްކުރަން ލާޒިމް ކުރޭ. އެހާ ހިސާބުން (އެ ކާއެއްޗެއް) އެ އުފައްދަނީ ކާކު, ކޮންތާކު, ކިހިނެއްތޯ ބަލަން އެބަ ފަސޭހަވެގެން ދޭ. އެހެންވީމަ ޓްރެކް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އިންތިޒާމް ކުރެވިގެން އެދިޔައީ އެހާ ހިސާބުން،“ ހަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން ކާބޯތަކެތި އުފައްދާއިރު އެތަކެތި އެ އުފައްދަނީ ކާބޯތަކެތި އުފައްދަން އެކަށީގެންވާ މަހައުލެއްގައިތޯ ބެލުމަށްފަހު، ހާއްސަ ލައިސެންސްއެއް ދޫކުރަން ކަނޑައަޅާފައިވާ ކަމަށް ވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: