ހަށި ވިއްކުމާއި އާންމު ސިއްހަތަށް ގެއްލުންވާ ތަންތަނުގައި ހިންގާ ވިޔަފާރީތައް ބަންދުކޮށް ތަޅުއަޅުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، މިހާރު ކުރިއަށް ގެންދާ ރެއިޑްތަކުގައި ސްޕާގޮތުގައި ހިންގާ ތަންތަނުގައި ހަށި ވިއްމުގެ ކަންތައްތައް ކުރިއަށް ގެންދާތީ މިނިސްޓްރީގެ ސްކޯޕްގެ ތެރެއިން މިހާތަނަށް އަމަލުކުރަމުން އައި ގޮތަކީ އެތަންތަނުގައި ތިބޭ ބިދޭސީން ހައްޔަރުކޮށް އެމީހުންނާ ދޭތެރޭ އިމިގްރޭޝަން ގާނޫނުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅު އެޅުން ކަމަށެވެ.
”މިހާރު އަޅުގަނޑުމެން ޓާސްކްފޯސްގެ ތެރޭގައި އެތަންތަން ބަންދުކޮށް އެތަންތަނުގެ ވިޔަފާރި ބަންދުކުރުވާން، ކޮށްފައި އެވިޔަފާރި އަލުން ހުޅުވާކަމުގައި ވެއްޖެއާމުން މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން އަލުން އެތަން ހުޅުވޭނީ“ އިހުސާން ވިދާޅުވި އެވެ.
އޭގެއިތުރުން އާންމު ސިއްހަތަށް ގެއްލުވާގޮތަށް ފާހަގަ ކުރެވޭ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަން ހިންގަމުން އަންނަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގެ ދަށުން ބަންދު ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ތަންތަން ހުޅުވުމަށް ފުރުސަތު ލިބޭނީ އެތަނެއްގައި ގާނޫނާ އެއްގޮތަށް މަސައްކަތް ކުރަން ފެށުމުން ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
އިމިގްރޭޝަނާއި ފުލުހުން މިހާރު ކުރިއަށް ދާ ރެއިޑްތަކުގައި ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ހޯދާއި އެ ފާރާތްތައް ޑިޕޯޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުން ނެވެ.

