ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަމީމް ވަކި ކުރަން ކޮމެޓީގެ މަސައްކަތް ހިނގައި ދިޔާއީ މަޖިލިހުގެ ޤަވައިދާ ޙިލާފަށް: ނާޒިލް

މެމްބަރ ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމެޓީގެ މަސައްކަތް ހިނގައި ދިޔައީ މަޖިލިހުގެ ޤަވައިދާ ޙިލާފަށް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މަޤާމުން ވަކި ކުރުމަށް ރޭ ބޭއްވި 20 ވަނަ ރައްޔިތުން މަޖިލިހުގެ 33 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަމުން މެމްބަރ ވިދާޅުވީ، މަޖިލިހުގެ ކޮމެޓީ ފެށުމާއި އެކު މަޖިލިހުގެ ކޮމެޓީ ސިއްރު ކޮމެޓީއެއް ގޮތުގައި ފާސްވެގެން ދިޔަކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މަޖިލިހުގެ ޤަވައިދުގެ 168 މާއްދާގެ ( ހ )ގައި ރައްޔިތުން މަޖިލިހުގެ ކޮމެޓީތައް ބައްދަލުކުރާ ހިނދު، އެއްވެސް ކޮމެޓީއެއް ސިއްރު ބައްދަލުމެއްގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ ނަމަ، އެ ޤަވާއިދުގެ 46 ވަނަ މާއްދާއިން 189 ވަނަ މާއްދާގެ ( ށ ) ގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޔާޔަތްކޮށް ރައްޔިތުން މަޖިލިހުގެ ސިއްރު ޖަލްސާއެއް ގޮތުގައި ކުރިއަށް ގެންދިއުމަށް އަމަލުކުރާނެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ސިއްރު ބައްދަލުވުން ގޮތުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ޤަވައިދުގައި ފާހަގަކުރައްވައިފައިވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.

46 ވަނަ މާއްދާގެ ( ހ ) ގައި މަޖިލިހުގެ ޖަލްސާއެއް ސިއްރު ޖަލްސާއެއްގެ ގޮތުގައި ބަދަލުކުރެވިގެންދާނީ ޤައުމީ ރައްކާތެރިކަމާއި، ޤައުމީ ސަލާމަތާއިގުޅޭ މައުލޫމާތު ހާމަކުރަންޖެހޭ ޖަލްސާތައްކަމަށް މެމްބަރ ވަނީ ފާހަގަކުރައްވައިފައެވެ. އަދި ވިޔަފާރީގެ މުއާމަލާތެއް ނުވަތަ މާލީ މުއާމަލާތެއްގެ ސިއްރު ހާމަކުރަންޖެހޭ ޖަލްސާ އަކަށް ވުމާއި، ޤާނޫނެއްގެ ދަށުން ނުވަތަ ޤަވައިދެއްގެ ދަށުން ސިއްރު މައުލޫމާތު ގޮތުގައި ހިފަހައްޓަންޖެހޭ ޖަލްސާ އަކަށް ވެގެން ދިއުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ޤާނޫނުގައިވާ ތިން ނުކުތާގެ ތެރެއިން އެއްވެސް ނުކުތާއަކަށް ރިޔާއަތް ނުކޮށް ކޮމެޓީ ކުރިއަށް ގޮސްފައިވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކޮމެޓީ ރިޕޯޓްގެ ސައްޙަކަމާމެދު ނާޒިލް ވަނީ ސުވާލު އުފައްދައިފައެވެ. އަދި ބަންދުކުރެވިފައި ހުރި ކޮޓަރިއެއް ތެރޭގައި މިނިވަންކޮށް މަސައްކަތްކުރެވޭ ގޮތުގައި ގެނެސް، ސުވާލުކުރެވި ޕްލޯއަށް ފޮނުވައި މަސައްކަތްތައް ކުރިއަށް ދަނީ ޤަވައިދާ ޙިލާފަށް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޤަވައިދާ ޙިލާފަށް 19 ވަނަ މަޖިލިސް ބޭނުން ކުރުމަކީ މިހާރުގެ ސަރުކާރުގައި ކުރިއަށް ދާނެ ގޮތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވަކިކުރަން ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ. ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރުމަށް ކޮމިޓީއަށް ހުށައެޅި ސަބަބުތަކުގެ ތެރޭގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުމާއި، މަގާމުގައި ދެމިހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުމާއި، ސަފާރީއެއްގައި ބިދޭސީއަކު ރޭޕްކުރި ކަމަށް ބުނާ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުމާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިއުން ހިމެނެއެވެ. އަދި ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުމާއި އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ މައްސަލަތަކެއް އަނބުރާ ގެންދިޔުމާއި ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން އަދި ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: