ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައްޔާޒްގެ ސުވާލު؛ ގާނޫނުން ނުވާނަމަ 9 މަސްވީއިރު ބަދަލުނުކުރީ ކީއްވެ؟

އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އޮތްގޮތުން ރާއްޖޭގައި ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުނުކުރެވޭނަމަ މަޖިލީހާއި ސަރުކާރުގެ ހުރިހާ ބާރުތަކެއް އޮތްއިރު ވޭތުވެދިޔަ 9 މަަސް ދުވަހުގެ ތެރޭގައި އެކަން ބަދަލުނުކުރީ ކޮން ސަބަބާއި ގުޅިގެންތޯ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ސުވާލު ކުރައްވައިފިއެވެ.

ބުޅާ މަހުން ކެއިން ބުއިން ތައްޔާރުކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައާއި ގުޅިގެން ބައެއް ފަރާތްތަކުންދަނީ ފައްޔާޒް އިކޮނޮމިކް މިނިސްޓަރުކަމުގައި ހުންނަވައިގެން ކުރައްވާފައިވާ މަސައްކަތްތަކާއިމެދު ސުވާލު އުފައްދަމުންނެވެ. އެކަމާއި ބެހޭ ގޮތުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒްވަނީ އަދުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، 3 ސެޕްޓެންބަރު 2022 ގައި ބޭއްވުނު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ފުޑް ސޭފްޓީ ބިލާބެހޭގޮތުން ބޭއްވި ބައްދަލުވުމުގެ ވީޑިއޯ މިހާރުވެސް ފެންނަން އެބަ އޮތްކަމަށާއި، ސަރުކާރުން ދަނީ އެ ބައްދަލުވުމުގެ އޯޑިއޯ ކޮޅެއް ދައުރުކުރަމުންކަމަށް ތުހުމަތުކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޕީއެންސީ ސަރުކާރުގެ ވެރިންނަކީ އެކި ފަހަރު އެކި ތަންތަނުުގައި އެކި ގޮތް ގޮތަށް ބަޔާންދިނުމަށް ފަހު ބަޔާން ބަދަލުކުރާ ބައެއްކަމަށެވެ. އަދި އެންމެނަކީ އެފަދަ ބައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވިޔަފާރިއެއް ރަޖިސްޓަރީކޮށްދިނުމަށްފަހު އެ ވިޔަފާރި ކުރުމަށް ދެން އިތުރު ތަނެއްގައި ރަޖިސްޓަރީ ކުރަންޖެހިގެން ނުވާނެކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމާއި ގުޅޭ ކަމެއް ނޫންކަމަށެވެ.

ފައްޔާޒް ވިދާޅުވީ، އެކަމުގެ ގާނޫނީ ޒިންމާ ހަވާލުކޮށް ފުރިހަމަ ބާރު އޭރާއި މިހާރުވެސް ލިބިދީފައިވާ އިދާރާތަކަށް އެކަން ކުރެވޭނެކަމަށެވެ. އަދި އޭރުވެސް އިކޮނޮމިކް މިނިސްޓްރީން ހުށަހެޅީ، ކާބޯތަކެތީގެ މިންގަނޑު ތަކާއި، އެތަކެތި ތައްޔާރުކޮށް ވިއްކާ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތައް އެމް.އެފް.ޑީއޭ ނުވަތަ އެޗްޕީއޭގެ ގަވާއިދަކުން ކަނޑައަޅައި، އެތަންތަނުން ރެގިއުލޭޓްކޮށް ، މޮނިޓަރކޮށް އަދި ފިޔަވަޅު އެޅުމުގެ ޒިންމާ އަދި ބާރު ޤާނޫނުގައި ކަނޑައެޅުމަށް ކަމަށް މައުލޫމާތު ދެއްވިއެވެ.

ފައްޔާޒްވަނީ މިފަދަ މުހިންމު ކަމެއް ގާނޫނު އޮތް ގޮތުން ނުކުރެވި އޮތް ނަމަ ހޭދަވެގެންދިޔަ 9 މަހުގެ ތެރޭގައި އެކަން ބަދަލުކޮށްފައިނުވަނީ ކޮން ސަބަބާއި ގުޅިގެންތޯ ސުވާލުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޔަގީނުންވެސް ސަރުކާރާއި ގާނޫނު ހެދުމުގެ ބާރުތައް އޮތީ ޕީއެންސީގެ އަތުގައިކަމަށެވެ. އަދި ރައީސް ބޭނުންވެވަޑައިގްނަވާ ކޮންމެ ކަމެއްވެސް ކޮށްލެވޭހާ މަގުފަހިކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ބޭނުންވުމުން އަލަށް މައްސަލައެއް ހުށައެޅުމަށްފަހު އެ ދުވަހުން ދުވަހަށް މަޖިލީސް މެދުވެރިކޮށް ކަންކަން ނިންމުމަކީ އާންމު އުސޫލެއްކަމަށެވެ. އަދި އިސްވެ ބަޔާންކުރެއްވި އެމްއެފްޑީއޭއިން ވަޑައިގެންނެވި ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ވެރިން އޭނާ ދެއްކެވި ވާހަކަތަކަށް ބައްދަލުވުމުގެ ފަހުކޮޅުގައި އެއްބަސްވެ ވަޑައިގެންނެވިކަން ވީޑިއޯ ބެލުމުން ފެނިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: