ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަތަރާއި ރާއްޖޭގެ ގައުމީ އެއާލައިން ގުޅިގެން މަސައްކަތްތަކެއް ކުރަނީ!

ރާއްޖެއާއި ގަތަރުގެ ފްލައިޓުތައް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއާއި ގަތަރުގެ ގައުމީ އެއަރލައިން ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މީހުންގެ ތަޖިރިބާ އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރަމަށް ކަނޑައެޅިފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ގަތަރުގެ ނޫސްތަކުން ރިޕޯޓުކުރާގޮތުން އެ ގައުމުގެ ގަތަރ އެއރވޭސް އާއި ރާއްޖޭގެ ނެޝަނަލް އެއަރލައިން މޯލްޑިވިއަން އިންވަނީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ގުޅިގެން މަސައްކަތްތައް ކުރުމަށް ނިންމާފައެވެ. އަދި މި އިންޓަރ އެއަރލައިން ޕާޓުނާޝިޕު މެދުވެރިކޮށް ގަތަރުއެއަރވޭސްގެ ވެބްސައިޓު މެދުވެރިކޮށް ދެ އައިލައިންއިންވެސް ޓިކެޓު އެއް ޓްރާންސެކްޝަން މެދުވެރިކޮށް ހަމަޖެއްސޭނެކަމަށް ބުނެފައިވެއެވެ.

އެހެންކަމުން މިހާރު ފަތުރުވެރިންނަށް އެއް ބުކިންގެއްގައި މޯލްޑިވިއަންއާއި ގަތަރު އެއަރވޭސްގެ ފްލައިޓުގެ މައުލޫމާތުތައް ހިމެނިގެންދިއުމުގެ ލުއިފަސޭހަކަން ލިބިގެންދާނެއިރު ރާއްޖެއަށް އަންނަ ގަތަރު އެއަރވޭސްގެ ފަސިންޖަރުން މޯލްޑިވިއަންއާއިއެކު ދަތުރުކުރުމަށްޓަކައި ޑޮމެސްޓިކް ޓާމިނަލްއަށް ޓްރާންސްޕާ ކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ހާމަކޮށްފައިވެއެވެ.

ގަތަރު އެއަރަވޭސްގެ ޗީފް ކޮމާޝަލް އޮފިސަރު މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން ރާއްޖެއާއިއެކު ގާއިމުކޮށްފައިވާ ޕާޓުނާޝިޕުން އެ ކުންފުނިން ފަސިންޖަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ދޭ އަހައްމިއްޔަތު ފެނިގެންދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން އިންޓަރނޭޝަނަލްއިން ޑޮމެސްޓިކް ފްލައިޓަށް ބަދަލުވުމުގައި ފަސިންޖަރުންނަށް ދިމާވެގެންދާނެ ދަތިތައް ކުޑަވެގެންދާނެކަމަށްވެސް އޭނާ ސިފަކޮށްފައިވެއެވެ.

ގަތަރުގެ ނޫސްތަކުން ބުނާގޮތުން މި ގުޅުމުގެ ސަބަބުން ރާއްޖޭގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ މަގު ފަހިގެންދެއެވެ. އެގޮތުން އެކަށީގެންވާ އަގުތަކެއްގައި ޓިކެޓުތައް ލިބިގެންދިއުމަށް ފަހިވެގެންދާނެކަމަށް ބުނެފައިވާއިރު ފްލައިޓު ޝެޑިއުލްތައް ދިމާވުމުގެ ފަސޭހަކަންވެސް އިހުސާސްކުރެވިގެންދާނެކަމަށް ޝާއިއުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: