ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓްރީ 2″ ރާޖްކުމާރް ރާއޯ އަދި ޝްރައްދާ ކަޕޫރުގެ ފިލްމުން އިންޑިއާގައި 306 ކްރޯރު ރުފިޔާ ހޯދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަމަރު ކައުޝިކްގެ ބިރުވެރި-ކޮމެޑީ ފިލްމު ”ސްޓްރީ 2“ ވަނީ އިންޑިއާގެ މިނިވަން ދުވަހު ރިލީޒްކުރި ފަހުން ބޮކްސް އޮފީހުގައި ރަނގަޅަށް ކުރިއަރާފައެވެ. ސެކްނިލްކް.ކޮމްގެ މަޢުލޫމާތު ދައްކާގޮތުން، ރާޖްކުމާރު ރާވޯ، ޝްރައްދާ ކަޕޫރު، އަޕަރްޝަކްތީ ކުރާނާ، އަބްހިޝެކް ބެނަރްޖީ އަދި ޕަންކަޖް ތްރިޕާތީ ފަދަ ތަރިން މުހިންމު ރޯލްތަކުން ފެނިގެންދާ މި ފިލްމުން ބޮކްސް އޮފީހުން ގާތްގަނޑަކަށް 306.93 ކްރޯޑް ރުފިޔާ (އިންޑިއަން ރުފިޔާ) ވަނީ ހޯދާފައެވެ.

”ސްޓްރީ 2“ ފިލްމު ރިލީޒްވުމުގެ ކުރި ދުވަހު، ޕްރިމިއަރ ދެއްކުމުން 8.5 ކްރޯޑް ރުފިޔާ (އިންޑިއަން) ސާފުކޮށް ލިބުނެވެ. ބުރާސްފަތި ދުވަހު ފިލްމު ރިލީޒްވެ، ވަރަށް ބޮޑު އަދަދަކަށް ޓިކެޓް ވިއްކި، 51.8 ކްރޯޑް ރުފިޔާ ހޯދިއެވެ. ފުރަތަމަ ހުކުރު ދުވަހު 31.4 ކްރޯޑް ރުފިޔާ ލިބުނު އިރު، ހޮނިހިރު ދުވަހު 43.85 ކްރޯރު ރުފިޔާ ލިބުނެވެ.

ފިލްމު އެންމެ މަތީ ފަންތިއަށް އާދެވުނީ އާދިއްތަ ދުވަހު، 55.9 ކްރޯޑް ރުފިޔާ ހޯދައިގެންނެވެ. ހަފްތާގެ ދުވަހެއް ކަމުގައިވިޔަސް، ސްޓްރީ 2 އިން ހޯމަ ދުވަހު 38.1 ކްރޯޑް ރުފިޔާ ހޯދިއެވެ. އަންގާރަ އަދި ބުދަ ދުވަހު އެ ފިލްމުން ހޯދީ 25.8 ކްރޯޑް އަދި 19 ކްރޯޑް ރުފިޔާއެވެ. ފިލްމު ދޫކުރިތާ ހަފްތާއެއް ފަހުން އާމްދަނީ އިތުރަށް ދަށްވެ، ބުރާސްފަތި ދުވަހު 16.8 ކްރޯޑް ރުފިޔާ ހޯދިއެވެ. މިއާއެކު ފުރަތަމަ ހަފްތާގެ ޖުމްލަ އާމްދަނީ 291.65 ކްރޯޑް ރުފިޔާއަށް އަރައެވެ.

ހުކުރު ދުވަހު ސްޓްރީ 2 އިން ލަފާކުރެވޭ ގޮތުގައި 15.28 ކްރޯޑް ރުފިޔާ ހޯދާފައިވެއެވެ. މިއާއެކު އިންޑިއާގައި 9 ދުވަހުގެ ޖުމްލަ އާމްދަނީ ގާތްގަނޑަކަށް 306.93 ކްރޯޑް ރުފިޔާއަށް އަރައެވެ. މި ފިލްމުން ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި 300 ކްރޯޑް ރުފިޔާގެ ހައްދު ފަހަނައަޅާފައިވެއެވެ.

”ސްޓްރީ 2“ އަކީ ޗަންދެރީގެ ރައްޔިތުން ސަރކަޓާ ކިޔާ ނުބައި ފަރާތަކުން ބިރުދެއްކުމާއި އަނިޔާވެރިކަން ކުރިމަތިވަމުންދާ ވާހަކައެއް. އެމީހުން ސަރކަޓާއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސްޓްރީގެ އެހީ ހޯދައެވެ. ޕީޓީއައި އާ ވާހަކަދައްކަމުން، މި ފިލްމުގެ ލިޔުންތެރި ނިރެން ބަޓް ވަނީ މި ފިލްމުގެ އަނިޔާވެރި ކަރެކްޓަރުގެ ތަފްސީލުތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އޭނާ ބުނީ ”ބައެއް މީހުން ޝަކުވާ ކުރޭ މި ފިލްމުތަކުގައި މާ ގިނައިން ހެވިކަން ހުރެފައި، ބިރުވެރިކަން މަދުވާކަމަށް ނުވަތަ އޭގެ އިދިކޮޅަށް. އެކަމަކު މިއީ ޙަޤީޤީ ޖިންނިން މީހުންނަށް އުނދަގޫކުރާ ބާވަތުގެ ބިރުވެރި ފިލްމެއް ނޫން. އަހަރެމެންގެ ހުރިހާ ޖިންނިންނަކީވެސް މުޖުތަމަޢުގެ ނުބައި އާދަތަކުގެ ތަމްސީލެއް. ސަރކާޓާއަކީ އެންމެ ނުބައިކޮށް އޮޅިފައިވާ ފިރިހެންވަންތަކަމުގެ ސިފައެއް.“

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: