ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޭނު މަސްވެރިކަމަށް ހުޅުވާލަނީ ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން: މިނިސްޓްރީ

ޕިކަޕަކަށް ކަންނެލިތަކެއް ބަރުކޮށްގެން ގެންދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭނު މަސްވެރިކަމަށް ހުޅުވާލަނީ ފަރުތަކުގެ ދިރުންތަކާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން އިގުތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ލޭނު މަސްވެރިކަމުގެ ގަވައިދު އޮތީ، ހުރިހާ ސަރަހައްދެއްގައި ވެސް އެކަން ކުރެވޭ ގޮތަށްކަމަށް ވާހަކަ ދެެކޭތީ، މިނިސްޓްރީން ބުނީ ރ. އަލިފުށީގެ އުތުރުން އެއްވެސް ސަރަހައްދެއްގައި ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ނޯންނާނެ ކަމަށެވެ.

ރީނދޫ އުރަހަ ކަންނެލީގެ އަތުނަނުގެ މަސްވެރިކަން އެންމެ ރަނގަޅުކަމަށް ފާހަގަކުރެވޭ މި ސަރައްދުގައި ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު އޮވެދާނެކަމަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރި އެވެ. އެހެން ނަމަވެސް އެ ފުރުސަތު ގަވައިދު ބުނާ ގޮތުން އެއްވެސް ބަޔަކަށް ނުލިބޭނެ އެވެ.

ލޭނު މަސްވެރިކަމުގެ ހުއްދަ ދެވޭނެ ސަރަހައްދުތަކަކީ، ގަވައިދުގައިވާ ގޮތުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރެއިން އާކިޕެލަޖިކް ބޭސްލައިން ފެށިގެން 100 މޭލުގެ ބޭރުގެ ސަރަޙައްދުގެ ތެރެއިން 6 ޑިގުރީ އުތުރު ތޫލްއިން ފެށިގެން ދެކުނަށް އޮންނަ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޭރުގައި އިންޑިއާ ކަނޑުގެ 25 ޑިގުރީ ދެކުނު ޠޫލްގެ އުތުރަށް އޮންނަ ސަރަހައްދުގަ އެވެ.

ފިޝަރީޒް މިނިސްޓްރީ ބުނެފައި ވަނީ ލޭނު މަސްވެރިކަމުގެ ބޭނުމަކީ ދިވެހި މަސް ކަނޑުތަކުން ގައުމަށާއި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ. އަދި ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމަށް އިންޑިއާ ކަނޑުން ކަންނެލި ބާނަން ގައުމުތަކަށް ދީފައި އޮންނަ ކޯޓާގެ ތެރެއިން ރާއްޖެއަށް ލިބިފައިވާ 47،000 ޓަނުގެ ކޯޓާ ފުރިހަމައަށް ބޭނުން ކުރުންކަން ފާހަގަކުރި އެވެ.

ލޭނު މަސްވެރިކަމަށް ހުޅުވާލަނީ ފަރުތަކުގެ ދިރުންތަކާއި ކަޅުބިލަ މަހުގެ މަސްވެރިންނަށް އަސަރު ނުފޯރާނެހެން އިގުތިސާދީ ސަރަހައްދުގެ 100 މޭލު ބޭރުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: