ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމުގެ ނިޒާމް ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ ވަރަށް ބޮޑަށް: އާޒިމާ

ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ނިޒާމަކަށް ގާނޫނުއަސާސީ ބިނާވެފައި އޮތްނަމަވެސް ދައުލަތް ހިންގުމުގެ ނިޒާމް ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވަނީ ވަރަށް ބޮޑަށް ކަމަށް ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ސިޔާސާތު“ ޕްރޮގްރާމްގައި އާޒިމާ ވިދާޅުވީ ދައުލަތް ހިންގުމުގެ ނިޒާމް ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައި ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އެހެން ވިދާޅުވާން ޖެހޭ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ޖަވާބުދާރީ ނުކުރެވުން ކަމަށް ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އޭސީސީ ފެއިލް ވެފައިވާ ކަމަށް އެންމެންވެސް ގަބޫލު ކުރާ ކަމަށެވެ.

”ސެންޓްރަލް ބޭންކް އޮތީ ފެއިލް ވެފައިކަމަށް ގާބޫލުކުރޭ. ދައުލަތް އޮތީ ޔޫޒަބަލް ރިޒާވް ހުސްވާ ހިސާބަށް ގޮސްފައި. އޮޑިޓަރ ޖެނެރަލް ނެރޭ ރިޕޯޓެއް ތަންފީޒު ކުރާނެ މީހަކު ނުހުރޭ. އެކަމު ރައްޔިތުންގެ މަޖިލީހުގެ މި މެކޭނިޒަމް އެބައޮތް. މަޖިލީހަށް ހުރީ މިކަންކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާވެސް ގާނޫނީ މުވައްސަސާތައްވެސް. އެއީ ހިއުމަން ރައިޓްސް ކޮމިޓީއެއް އޮވޭ، ދައުލަތުގެ މުވައްސަސާތައް ބަލަހައްޓާ ކޮމިޓީއެއް އޮވޭ، ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއެއް އޮވޭ. އެކަމު މަޖިލީހަށް ޒިންމާ އަދާ ނުކުރެވޭ ކަމުގެ ސާބިތު ހެކި ދައުލަތުން މި ފެންނަނީ“

އާޒިމާ ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ނުވާނެ ކަމަށާއި އެހެންނަމަވެސް މިއަދު ގާނޫނުއަސާސީގައި އޮތީ އެގޮތައް އެކަންކަން ކަނޑައަޅައިފައި ކަމަށެވެ. ރާއްޖޭގައި އަންހެނެއްގެ މައްސަލަ ދިމާވެގެން ކަންކަން ބޮޑުވުމުން ހިއުމަން ރަައިޓްސް ކޮމިޓީއަށް އެއްދުވަހު އެ މައްސަލަ ހުށައަޅާފައި އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބެނީ ކީއްވެތޯ އާޒިމާ ސުވާލު އުފެއްދެވިއެވެ.

މިސާލެއް ނަންގަވާ އާޒިމާ ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައިވެސް ތަހުގީގެއް ނަންގަވާ ހިންގެވީ އެންމެ ދުވަހަކު ކަމަށާއި އެ ތަހުގީގަށްވެސް ފިޔަވަޅު އެޅުނުތަނެއް ނުފެންނަ ކަމަށެވެ. އެކަމަށްފިޔަވަޅު ނޭޅުމުންވެސް ޑިފެންސް މިނިސްޓަރ ގެނެސް ސުވާލު ކުރަން ނުވަތަ އޭނާގެ ”ވޯޓޮ އޮފް ނޯ ކޮންފިޑެންސް“ ނަގަން އުޅުނު މަންޒަރުވެސް ނުފެންނަ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އޮތީ ދައުލަތުގަ ސަރުކާރު ހިންގާ ގޮތް ޖަވާބުދާރި ވާން ކަމަށެވެ. އާޒިމާ ވިދާޅުވީ މިއަދު މަޖިލިސް މިނިވަންތޯ އެއީ ވެސް އުފައްދަން ރަނގަޅު ސުވާލެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި އޮޑިޓް ރިޕޯޓް ތަކުން އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒް މަގާމުން ވަކިކުރަން ވޯޓާއި ދިމާކޮށް ޓްރާންސެކްޝަންސް ހިނގައިގެން ދިޔަ މަންޒަރު ފެނުނު ކަމަށް އާޒިމާ ވިދާޅުވިއެވެ. މިކަމުގައިވެސް ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި ދިމާވުމުން އެކަމުގައިވެސް ޖަވާބުދާރީ ނުކުރެވުނު ކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: