ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭއާއި ފިނޭންސްއިން ގުޅިގެން މަސައްކަތްކުރަންޖެހޭ: މަވޯޓާ ޝަރީފް

އިބްރާހިމް ޝަރީފް: ފޮޓޯ/ ސޯޝަލްމީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދާއި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީއިން ގުޅިގެން މަސައްކަތްތައް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދަށް ބޮޑު ބުރައެއް އުފުލަންޖެހިފައިވަނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނަގާފައިވާ ދަރަނިތަކުގެ ސަބަބުންކަމަށެވެ. އަދި އެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އިގްތިސާދު ފުޅާކުރުމަށާއި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ދެއްކުންތެރިކަމުގެ އަމަލުތަކާއި ސަރުކާރުން އެއްކޮށް ދުރުހެލިވާންޖެހޭކަމަށާއި، މީގެ ކުރީގެ ސަރުކާރުތަކަށް އެޅިފައިވާ ނުރަނގަޅު ފިޔަވަޅުތައް ނޭޅޭކަން ކަށަވަރުވާނީ އެގޮތުގެ މަތިން އަމަލުކުރުމުންކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިގްތިސާދީގޮތުން ނުތަނަވަސް މާހައުލެއް އުފެދުމުން އިގްތިސާދު ފުޅާކުރުމުގެ މަގުސަދުގައި އެމްއެމްއޭއިން މާލީ ނިޒާމުގެ ތެރޭގައި އެކަށީގެންވާ މިންގަނޑެއްގައި ލިކުއިޑީޓީ ހިފަހައްޓަންޖެހޭކަމަށެވެ. އަދި އެމްއެމްއޭގެ ވެރިންނާއި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ގުޅިގެން ދިވެހިރާއްޖޭގެ ފިސްކަލް އަދި މޮނެޓަރީ ޕޮލިސީތައް ދިމާވާގޮތަށް ހެދުމަށް މަސައްކަތްކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: