އެމްއެންޑީއެފްއަށް ކަނޑުއޮތްގިރި ހަވާލުކުރީ އެ މުއައްސަސާގެ އެއްވެސް ބިމެއް އުނިކުރުމެއް ނެތިކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ކަނޑުއޮތްގިރި މެދުވެރިކޮށް ކުރަމުން އައި މަސްވެރިކަމާއި ގުޅުން ހުރި މަސައްކަތްތަކުގެ ތެރެއިން އެކަށީގެންވާ ކުރިއެރުމެއް އައިސްފައިނުވާ ކަމަށް ބުނެ ދާދި ފަހުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްވަނީ އެ ރަށް އެމްއެންޑީއެފްއާއި ހަވާލުކޮށްފައިވާކަން ހާމަކޮށްފައެވެ. މިބަދަލާއިއެކު ކުރީގެ ޑީފެންސް މިނިސްޓަރު މާރިހާ އަހުމަދު ދީދީވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ނިިމިދިޔަ ސަރުކާރުގައި ހުޅުމާލެއިން އެމްއެންޑީއެފްއަށް ދޫކޮށްފައިވާ 12000 އަކަފޫޓުގެ ބިން ދޫކޮށްލީތޯ މާރިޔާ ސުވާލު ކުރެއްވިއެވެ. އަދި ކަނޑުއޮތްގިރި ދިނީ އެތަން މިފްކޯއަށް ދިނުމަށް ނިންމާފައިތޯ އޭނާ ސުވާލު ކުރެއްވިއެވެ. މާރިޔާގެ ޕޯސްޓަށް މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާންވަނީ ޖަވާބު ދެއްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އެމްއެންޑީއެފްގެ އެއްވެސް ބިމެއް އުނިވެފައިނުވާކަމަށެވެ. އަދި އެ ރަށަކީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް އިތުރުވެފައިވާ ރަށެއްކަމަށް ވިދާޅުވިއެވެ.
ކަނޑުއޮތްގިރި އަކީ މަސްވެރިކަމުގެ ސިނާއަތުގެ މަސައްކަތްތަކަށް ތަރައްގީކޮށްފައިވާ ރަށެއް ނަމަވެސް އެ ރަށަށުގެ ބަނދަރު ހަލާކުވެފައި ހުރުމުގެ ސަބަބު ލަފާ ފުރުމުގައި ދަތިތައް ވަނީ ކުރިމަތިވެފައެވެ.

