ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޝަތު ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކޮށްފި

ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ބީއެމްއެލްއަށް 42 އަހަރު ޙިދުމަތް ކުރައްވައިފައިވާ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުންކަމުން މިއަދު ވަކިކޮށްފި އެވެ.

ނޫރައްދީން ބީއެމްއެލްގެ ބޯޑުން ވަކިކޮށްފައިވަނީ މިއަދު ފޮނުއްވެވި ސިޓީއަކުންނެވެ. އޭނާއަށް އަންގާފައިވަނީ ސަރުކާރުގެ ކުންފުނިތައް ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭނާއަށް  ފޮނުވި ސިޓީއަކުންކަން ނެވެ.

ބީއެމްއެލްގެ ޗާޓަރު ބުނާ ގޮތުން އެ ބޭންކަކީ އާންމު ރައްޔިތުން ވެސް ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ބޭންކުގެ ބޯޑް ޑިރެކްޓަރުން ވަކިކުރެވެނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

މިދިޔަ ޖެނުއަރީގައި ވެސް ޕީސީބީން ބީއެމްއެލްގެ ފަސް ޑިރެކްޓަރަކު މަގާމުން ވަނީ ވަކިކުރައްވައިފައެވެ. ނަމަވެސް އެގޮތަށް އަމަލު ކުރެވިދާނެ ކަމާ މެދު ގާނޫނީ ސުވާލުތައް ކުރިމަތިވެ ޕީސީބީން އޭރު އެންގި އެންގުން ބާތިލްކޮށް އެ ބޭފުުޅުން އަލުން ބޯޑަށް ވަނީ ހަމަޖައްސައިފައެވެ. އެ ބޭފުޅުން ފަހުން ވަކިކޮށްފައިވަނީ ހިއްސާދާރުންގެ އާންމު ޖަލްސާއަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: