ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ގޯސް ނަތީޖާއެއް ނިކުމެދާނެތީ ކަންބޮޑުވޭ: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އަދި ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ހާލަތު ދަށްވެފައިވާ ވަގުތެއްގައި ސަރުކާރުން އަޅަމުން ދާ ދޯހަޅި ފިޔަވަޅުތަކުން ނިކުންނާނެ ނަތީޖާއެއް ނެތީތީ ކަންބޮޑުވާކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ ބޯޑުން އައިޝަތު ނޫރައްދީން ވަކި ކުރި މައްސަލައިގައި ފައްޔާޒް ވިދާޅުވީ، ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބޭނުން ވަނީ އިލްމާއި ތަޖުރިބާ ރަނގަޅަށް ލިބިފައިވާ ބައެއް ކަމަށެވެ. އަދި ނޫރައްދީނަކީ މިދިޔަ އެތައް އަހަރަކުން ފެށިގެން ބީއެމްއެލް މިއަދާއި ހަމައަށް ގެނެސްދިނުމަށް ނަމޫނާ މަސައްކަތެއް ކުރި ލީޑަރެއްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސަރުކާރުން ބޭންކުތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތުގެ ސަބަބުން، ބޭންކިން ސިސްޓަމްގެ އިންޓެގްރިޓީއާއި މެދު ސުވާލު އުފެދޭނެކަމަށެވެ. ބީއެމްއެލްއަކީ ރާއްޖޭގެ މައި އެއް ބޭންކަށްވުމާއި އެކު، އިގްތިސާދާއި ގުޅޭ ހާއްސަ ރޯލެއް ބޭންކު އަދާކުރާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ނޫރައްދީން މަގާމުން ވަކި ކުރުން ފައްޔާޒް ސިފަ ކުރެއްވީ، އިގްތިސާދު އަސްލު އޮތް ހާލަތު ދަައްކައިދޭ ސަބަބަކަށެވެ.

ފައްޔާޒް ވިދާޅުވީ ދައުލަތުގެ ތަފާސްހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރުމަށް އިންކާރުކޮށް ސިއްރުވެރި ދައުލަރތެއް ގާއިމު ކުރުމަށް މި ސަރުކާރުން މިސްރާބު ޖަހާފައިވާކަމަށެވެ. މިއީ އެތެރެއާއި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ އިސްލާހެއްކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވީ ދުޅަހެޔޮ އިގްތިސާދެއް ބިނާ ކުރުމަށް ކަންކަން ހާމަކުރުމުގެ ސިޔާސަތެއް އޮންނަން ޖެހޭކަމަށެވެ. އަދި އެ ފާޑުކިއުންތައް ބަލައިގަނެ އަޑުއެހުމުގެ ގާބިލުކަން ގެންގުޅުމަށް ފައްޔާޒް ގޮވާލެއްވި އެވެ.

ބޭންކުތަކާއި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުނިތަކަށް އަދި މާލީ ކުންފުނިތަކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަނު ކުރެވޭ ގޮތަށް ބޭންކުތަކާއި އިންޝުއަރެންސް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވައިދަށް ދާދިފަހުން ގެނައީ ވެސް ގޯސް އިސްލާހެއްކަމަށް ފައްޔާޒް ގަބޫލު ކުރައްވަ އެވެ.

އަލަށް ގެނައި އިސްލާހުގައި ބުނަނީ، ކެބިނެޓު ވަޒީރުންނާއި މިނިވަން މުވައްސަސާތައް އަދި ސިޔާސީ ޕާޓީތަކުގެ ވެރިން ފިޔަވައި އެހެން ސިޔާސީ މަގާމެއްގައި ހުންނަ ފަރާތަކަށް ބޯޑުގެ މެމްބަރުކަން ކުރެވޭނެ ކަމަށެވެ.

މި އިސްލާހަށް ފާޑުކިއުން އަމާޒުކޮށް ފައްޔާޒް ވިދަޅުވީ މީގެ ކުރިން އެއްވެސް ސަރުކާރަކުން މިފަދަ ބަދަލެއް ގެނެސްފައި ނުވަނީ މާލީ ނިޒާމުގެ އިތުބާރާއި އިންޓެގްރިޓީ ހިފެހެއްޓުމަށް ކަމަށެވެ. އެކަމަކު މި ސަރުކާރުން މި ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސަމުންދާ މަންޒަރުކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: