ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ބަދަލުތަކުގެ އަމަލީ ސިފަ ވަރަށް އަވަހަށް ފެންނާނެ, ރައްޔިތުންނަށް ކަންކަން ދުރާލައި އޮޅުންފިލުވާދޭނަން: ޝަފީގު

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ގެނައުމަށް މަސައްކަތް ކުރަމުންދާ އިގްތިސާދީ ބަދަލުތަކުގެ އަމަލީ ސިފަ ވަރަށް އަވަހަށް ފެންނާނެކަމަށް ފިނޭންސް މިނިސްޓަރު ޑރ މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިގްތިސާދީ ބަދަލުތަކާއި ގުޅިގެން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިފައިވާކަމަށާއި، އަދި މި މަޝްވަރާތަކުގެ ތެރެއިން މުހިންމު ނިންމުންތަކެއް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިގްތިސާދީ ބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިފޯމް ކުރުމުގެ މަސައްކަތްތައްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެއަށްފަހު އާސަންދައާއި އެންސްޕާގެ ތެރެއިން ކުރަމުންދާ ހަރަދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާނެކަމަށެވެ. ބަލިތަކަށް ބޭސް ކުރަމުން އަންނަ ދިވެހިންގެ ތެރެއިން ބޮޑެތި އަދަދުތަކުން ފައިސާ ބޭނުންވާ މީހުން އެބަތިބިކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ތެރެއަށް ”އެކްސެސް“ ވާ މީހާއަށް އޭގެ ފައިސާ ލިބޭއިރު، އެކްސަސް ވުމަށް އުނދަގޫވާ އަދި އެކަމުގެ އެންމެ ފުރިހަމަ މައުލޫމާތު ނެތް މީހާއަށް ގިނަ ފަހަރު ގެއްލުންވާ ލިބޭކަމަށެވެ.

އަޅުގަނޑުމެން ބޭނުން ވަނީ ހަގީގަތުގައި އެ ބޭނުންވާ ފަރާތްތަކަށް ހަގީގީ މާނައިގައި މިކަން ކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބައްޓަން ކުރެވިގެންދާނެ.

މިނިސްޓަރު ވިދާޅުވިއެވެ.

މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ވަރަށް ބޮޑު ތައްޔާރީތަކެއް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއަހަރުގެ ތެރޭގައި މި ތައްޔާރީތަކާއި، މަސައްކަތްތަކުގެ އަމަލީ ސިފަ މިއަހަރުގެ ތެރޭގައި ފެންނާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އިގްތިސާދަށް ގެންނަ ބަދަލުތައް ވަރަށް ބޮޑަށް ރައްޔިތުންނާއި ގުޅިފައި އޮންނަކަމަށެވެ. އެހެންކަމުން އިގްތިސާދީ ބަދަލުތައް ގެންނާނީ ރައްޔިތުންނަށް ކަންކަން ދުރާލައި އޮޅުންފިލުވާ ދިނުމަށްފަހުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އި ބަލްކް ޕްރޮކިއުމަންޓް މިހާރު ފަށާފައިވާކަމަށެވެ. އާސަންދަ ނިޒާމު އިސްލާހު ކުރުމަށްޓަކައި ސަބްސިޑީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާހީ މަސައްކަތުގައި ގެއްލުވާ ކުންފުނިތަކުގެ ބަދަލުގައި ބަލާނީ، ފައިދާވާ ކުންފުނިތަކަށް އިތުރަށް ފައިދާވާނެހެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވިދާޅުވިއެވެ. އެންމެ ބޮޑަށް ބަލަނީ ބޭކާރު ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުންމަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: