ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މިރޭ ”ޕީއެންސީ ހައުސް“ ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
މިރޭ ޕީއެންސީ ޖަލްސާ ހަރުގޭގައި ބެއްވުމަށް ހަމަޖެހިފައި ވަނީ 20:00 ގަ އެވެ. މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ.
ޕީއެންސީގެ ހަރުގެ ހުޅުވި ފަހުން، ކޮންމެ ހަފްތާއަކު ވެސް ޕާޓީގެ އާންމު މެމްބަރުންނަށް ހާއްސަކޮށް ސިލްސިލާ ޖަލްސާތައް ކުރިޔަށް ގެންދެ އެވެ. އަދި ބައެއް ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޕީއެންސީގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ މެމްބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ވާހަކަފުޅު ދަައްކަވަ އެވެ.

