ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމަރުންނާ ފޮނުވާ ބިލުގައި އެއްވެސް މައްސަލައެއް ނޫޅޭ ވަރަށް އެކަން ޔަގީން ކުރަން: ސްޓެލްކޯ

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމަރުންނަށް ފޮނުވާ ބިލުގައި އެއްވެސް މައްސަލައެއް ނޫޅޭނެ ވަރަށް ބިލުތައް ބަލާ ޗެކްކުރައްވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ސްޓެލްކޯގެ ފަރާތުން މައުލޫމާތު ދެއްވަމުން ކުންފުނީގެ ސާވިސް މެނޭޖަރ މުހައްމަދު ވަހީދު އަދި އިންޖިނިއަރ އިސްމާއިލް ނިޝާރު ވިދާޅުވީ ހޫނު މޫސުމުގައި ބިލު ބޮޑުވެގެންދަނީ ހަމައެކަނި ރާއްޖޭގައި ނޫން ކަމަށާއި މޫސުމާާއި ގުޅިގެން އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި ވެސް މި މައްސަލަ ދިމާވާ ކަމަށެވެ.

ސްޓެލްކޯއިން ބެލި ބެލުމުގައި އެންމެ ގިނައިން ކަރަންޓޫ ބޭނުންކުރެވިފައި ހުރީ ފިނި ކުރުމާއި ހޫނު ކުރުމަށް ކަމަށް ކުންފުނިން ވނީ ބުނެފައެވެ. ސްޓެލްކޯއިން ބުނެފައިވަނީ ހިސްޓޮރިކަލް ޑޭޓާއަށް ބަލައިފި ނަމަ ސްޓެލްކޯއަކީ ޕަވަރ ޕްރޮވައިޑުކޮށްދޭ ތަނެއް ކަމަށެވެ. ޑިމާންޑް ލޯޑް ގިނަވާ ވަރަކަށް ރަށުތެރެއިން ކަރަންޓު ބޭނުންކުރާ ވަރު އިތުރުވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރަށް ބަލާއިރު އެންމެގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ 103 މެގަވޯޓު ކަމަށާއި އެހެންނަމަވެސް މިއަހަރު ބޭނުންކޮށްފައިވަނީ 113 މެގަވޯޓު ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަމުންވެސް އެނގިގެންދަނީ ކަރަންޓު ބޭނުން ކުރެވޭ މިންވަރު އިތުރުވާ ކަން ކަމަށް ނިޝާރު ވިދާޅުވިއެވެ.

މީގެއިތުރުން ނިޝާރު ވިދާޅުވީ އެ ކަސްޓަމަރުން ގާތު ކުރިން އެކަމަށް ތައްޔާރުވެލަން ބުނާ އެއްސަބަބަކީވެސް އެ ބޭނުންކުރާ މިންވަރު އަހަރަކުން އިތުރުވުމާއި ގުޅިގެން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: