ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެންނަން އުޅުނީ މާލީ ބަޢާވާތެއް؛ އެއީ ރާވައިގެން ކުރަން އުޅުނު ކަމެއް: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެންނަން އުޅުނީ މާލީ ބަޢާވާތެއް ކަމަށާއި އަދި އެއީ އިންތިޒާމް ކޮށް ރާވައިގެން ކުރަން އުޅުނު ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ އިއްޔެ އިރު އެރި އިރު މާލީ ބަޢާވާތެއް ގެންނަން މަސައްކަތްކޮށްފައި ވާކަމަށެވެ. ގައުމީ ބޭންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން އެ ނިންމި ނިންމުން ނިންމިއިރު އެމްޑީގެ ބޭފުޅުން ތިއްބެވީ ޕްރެސްކޮންފަރެންސްގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ އެއީ އިއްތިފާގެއް ނޫންކަމަށެވެ. ޝިޔާމް ވިދާޅުވީ އެއީ އިންތިޒާމް ކުރެވިގެން އަދި ރޭވިގެން ހިންގަން އުޅުން ބަޢާވާތެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިއަދު ރައީސް ކަމުގައި ހުންނެވީ ކޮން ބޭފުޅެއްކަން އެމްޑީޕީއަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ކަންކަން ކުރައްވަން، ނުވަތަ ކަންކަމާއި ކުރިމަތި ލައްވަން ކެރިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށެވެ.

”ރައީސް، އަޅުގަނޑު މިއަދު ފަހުރުވެރިވޭ މަނިކުފާނުގެ ފަހަތްޕުޅުގައި އަޅުގަނޑަށް މިއަދު މަސައްކަތް ކުރައްވަން ހުރެވޭތީ. އަޅުގަނޑު ދިވެހިރައްޔިތުންގެ ހައިސިއްޔަތުން ޝުކުރުއަދާކުރަން. ހިތުގެ އުމުގުން އަޅުގަނޑު ޝުކުރު އަދާކުރަން. ބައްލަވާ މިއީ ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތްފުޅުން އަދާ ކުރެވޭ ޝުކުރެއް ކަމަށް. އިއްޔެގެ ބަޢާވާތުން ދިވެހި ގައުމު ދިވެހި ރައްޔިތުން ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ދެލޮލުން ގާތުން ދުން މީހަކަށް ވަތީ މިހެން ދަންނަވަން މިކެރުނީ. ރައްޔިތުން، ދިވެހި ގައުމަށް ދެރަވާނެ އެއްވެސް ކަމެއް ކުރައްވާނެ ވެރިއެއް ނޫން އަދި އެފަދަ ކަމެއް ކުރައްވަން ޖާގަވެސް ދެއްވާނެ ވެރިއެއްނޫންކަން މިއަދުވެސް އެމަނިކުފާނު ސާބިތުކޮށްދެއްވީ“

ޝިޔާމް ވިދާޅުވީ ކެމްޕެއިންގައި ރައީސް ދެއްކެވީ ހަމައެކަނި ވާހަކަތަކެއް ނޫން ކަމަށާއި އެއީ ރައީސް ގެ އަމަލުފުޅުންވެސް ދައްކަވާނެ ކަންކަން ކަން އެނގޭކަމަށެވެ. މިގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ގައުމުގެ ކަންކަން ގެންގޮސް، ނުވަތަ ގައުމު ބަނގުރޫޓުވާ ހިސާބަށް ނުވަތަ ބަނގުރޫޓުކޮށްލީވެސް އެމީހުން ކަމަށް ޝިޔާމް ވިދާޅުވިއެވެ. ގައުމުގެ އިގްތިސާދާއި މާލީ ކަންކަމާއި ގޯހުން ގޯހަށް ދަނީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކަމަށް ވިދާޅުވާ ކަމަށާއި އެހެންނަމަވެސް އެހެންނަމަވެސް މިސަރުކާރު އައިއިރު ގައުމު އޮތީ އެތައް 100 މީޓަރު އަޑީގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިއަކު ދަރަނި ނޫފައްދާވަރަށް 5 އަހަރުގެ ތެރޭގައި އުފައްދާ ފައިބައިގެން ގޮސް ދައްކަވަނީ މިސަރުކާރުގެ ސިޔާސަތުގެ ވާހަކަ ކަމަށެވެ. ދިވެހިރާއްޖޭގައި މާލީ ކަންކަން ހުރީ ރަނގަޅަށް ކަމަށާއި، އެކައުންޓުތަކުގއި ޑޮލަރުންނާއި ދިވެހި ރުފިޔާއިން ފައިސާ ހުރިކަމަށާއި އެހެން ނަމަވެސް ވެރިކަމުން ފޭބިއިރުގައި ދިވެހިރައްޔިތުންގެ އަތަށް ދިނީ ތޮށިގަނޑެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން ރާއްޖޭގެ އިގްތިސޯދީ ހާލަތު ބަދަލު ކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ނަތިޖާއަކަށްވީ ރާއްޖޭގެ އިގްތިސޯދާއި އިގްތިސޯދުގެ މިސްރާބުވެސް މިއަދު ރަނގަޅު ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސޯދު ދަނީ ރަނގަޅަށް ކަމަށާއި، އެމްއެމްއޭގެ ރިޕޯޓްތަކުން އެކަންކަން ބުނެދޭކަންވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: