ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ތެރެއިން ބަޣާވާތެއް ގެންނަން އެމްޑީޕީ އުޅުނު، ފެއިލްވީ ބައެއް މެމްބަރުން ސަރުކާރާ ގުޅުމުން: ރައީސް

ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އުފެދި މާގިނަ ދުވަހެއް ނުވެ އެމްޑީޕީގެ މިސްރާބު އޮތީ ވެރިކަން ބަދަލުކޮށް ބަޣާވާތެއް ހިންގުމަށްކަމަށް ޕީއެންސީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގޭގައި އޮތް ޖަލްސާގައި ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ފާހަގަކުރެއްވީ ރައްޔިތުންގެ ބޮޑު ތާއީދެއް ލިބި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް އޭރު އޮތް 19 ވަނަ މަޖިލީހުން ސަރުކާރުގެ މަސައްކަތްތަކަށް ކުރި އުނދަގޫތަކެވެ. މަޖިލީހުގެ ގަވައިދަށް އިސްލާހުތައް ގެނެސް ސަރުކާރުގެ ހިންގުމަށް ދަތިކޮށް ޖެއްސުން ކުރަމުން ދިޔައީ، ގާނޫނީ ވެރިކަމެއް ގުޑުވާލުމަށްކަމަށް ރައީސް ވިދާޅުވި އެވެ.

މި ހުރިހާ މަސައްކަތެއް ފަހުން ކުރަމުން ދިޔައީ ފާޅުގައިކަމަށާއި، ޕޯޑިއަމްތަކާއި އެކި ބައްދަލުވުންތައް ބާއްވައި ސަރުކާރު ބަދަލު ކުރަން ޖެހޭކަމަށް ބުނެ އެކަމަށް ހިތްވަރުދީ ވާހަކަ ދައްކަމުން ގެންދިޔަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އޭރު ތިއްބެވީ ޕީއެންސީގެ މަދު މެމްބަރުންކަމަށާއި، ސަރުކާރަށް ބައެއް މެމްބަރުން ބަދަލުވުމުން ކޮންޓްރޯލް ނެގިދާނެކަމަށް ގަބޫލު ކުރެވި އެމްޑީޕީ ކުރި މަސައްކަތްތައް ވަރުގަދަ ކުރިކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ އެ މަސައްކަތާއި މެދު ހިތްހަމަނުޖެހޭތީ، އެ ޕާޓީ ދޫކޮށް ގައުމީ ވިސްނުމާއި ގުޅުމަށް މެމްބަރުން ނިމްމެވީތީ އެކަމަށް ޝުކުރު އަދާކުރާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ރާވަމުން ދިޔަ ބަޣާވާތް ފެއިލްވީ އެ މެމްބަރުންތައް ސަރުކާރާއި ގުޅިވަޑައިގަތުމުން ކަމަށެވެ.

އޭރު އެމްޑީޕީގައި ތިއްބެވި، 14 ވަރަކަށް މެމްބަރުން އަޅުގަނޑުމެންނާއި ގުޅިވަޑައިގަތީ.. އެކަމަށްޓަކައި މިއަދު ވެސް ޝުކުރު އަދާކުރަން.. އެ މެމްބަރުން ގުޅިވަޑައިގަތީތީ އެ ބަޣާވަތް ފެއިލްވީ.. ޑﷲ ގެ މަތިވެރި ރޭވުންތެރިކަން.. ދެން ރައްޔިތުން ނިންމީ، ދެނެއް އެކަމަށް ފުރުސަތެއް ނުދޭނަމޭ..

މީގެއިތުރުން ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރުމަށް އެމްޑީޕީ ރައްޔިތުންނަށް ވިސްނައިދެމުން ދިޔައީ ވެރިކަން ބަދަލު ކުރަން ޖެހޭކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މަތިވެރި އިސްލާމް ދީން ދަމަހައްޓައި ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށް ރައްޔިތުން ވޯޓު ދޭން ނިންމީ ޕީއެންސީގެ މެމްބަރުންނަށްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން ދަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: