ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭންކު ތެރެއިން ގެންނަން އުޅުނީ ބަޣާވާތެއް، މިއީ ބަޔަކު ރާވައިގެން ހިންގި އަމަލެއް: ރައީސް

ކެބިނެޓު ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޮޑު ނިންމުމާއި އެކު އަވައްޓެރި ގައުމުތަކުގައި ސަރުކާރުތައް ވައްޓާލި ގޮތަށް މަގުމައްޗަށް ނިކުމެ ބަޣާވާތެއް ހިންގުމަށް ކުރި މަސައްކަތް ފެއިލްވެފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބޭންކުން ކުއްލިއަކަށް ނޯޓިސްއެއް އާންމު ކުރުމާއި ދިވެހި އެތައް ރައްޔިތުންނެއްގެ ދިރިއުޅުން ހުއްޓިގެން ދިޔަ އެވެ. އަދި މިއީ ސަރުކާރާއި އެކު ކުރަމުން ދިޔަ މަޝްވަރާތަކާއި، ލަފައާއި ހިލާފު ނިންމުމަކަށް ވާތީ އެކި ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެ ނިންމުން ބީއެމްއެލް އަނބުރާ ގެންދިޔަ ނަމަވެސް، އިދިކޮޅު އެމްޑީޕީ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ސަރުކާރު ބަދަލު ކުރަން ހިތްވަރުދީ ވާހަކަ ދައްކާފަ އެވެ. އަދި ސޯޝަލް މީޑީއާގައި ދައުރު ކުރި ޕޯސްޓުތަކުގެ ތެރޭގައި ލަންކާއައި ބަންގްލަދޭޝްގެ ވެރިކަން ވައްޓާލައި ބޮޑުވަޒީރުގެ ގެކޮޅަށް ވަދެ އާންމުން އުޅުނު މަންޒަރު ފެންނަ ފޮޓޯތައް ދައުރު ކުރި އެވެ. މިފަދަ އަމަލުތަކަށް ހިތްވަރު ދީ، ގާނޫނީ ވެރިކަމެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ.

އެކަން ފާހަގަކޮށް ޕީއެންސީގެ ޖަލްސާގައި ރައީސް މިރޭ ވިދާޅުވީ، މައްސަލަ ދިމާވި ވަގުތާއި ދިމާކޮށް އެމްޑީޕީގެ ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި މީޑިއާތައް އެއްކޮށް ހަމަޖެހުން ނަގާލުމަށް ހިތްވަރުދީ ނުރުހުންފާޅުކޮށްފައި ވާތީ ފުލުހުން އެ ތަހުގީގު ފަށާފައިވާކަމަށެވެ.

އެހެން ބެލީމަ އެނގޭނީ، އަޅުގަނޑަށް އެނގޭކަމަކީ އަޅުގަނޑު ކުރި މަސައްކަތް.. މި އިއްޔެ ނެރެން އުޅޭކަން އެނގުނު ހިސާބުން ޕާސަނަލީ އަޅުގަނޑު ދިޔައީ ވަރަށް ގިނަ މަސައްކަތް ކުރަމުން.. އަދި ވަޒީރުން ވެސް.. އެހެން ނަމަވެސް އަޅުގަނޑު ދަންނަވަމުން ދިޔަ އެއްވެސް ވާހަކައެއް އަޑުނާހައި އެކަން އެ ނެރުނީ…

ރައީސް ވިދާޅުވީ މައްސަލަ ހިނގި ގޮތާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދާއިރު، ބޭންކުގައި މިވަގުތު ތިބީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށެވެ. އަދި ދެން ތިއްބެވި ފަސް މެމްބަރުން ތިއްބެވިއިރު ބޭނުންވާ މެޖޯރިޓީއެއް ނެތްކަމަށް ރައީސް ވިދަޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން ދެ ނަމެއް ފޮނުވައިގެން އަދިވެސް ކުރިޔަށް ދެވޭ ގޮތެއް ވެފައި ނުވާކަމަށެވެ. އަދި ބީއެމްއެލްގެ ނިންމުން އާންމު ކުރި ވަގުތުން ފެށިގެން ކެބިނެޓު ބައްދަލުވުން ބާއްވައި ގިނަ މަޝްވަރާތަކެއްކޮށް އެންމެފަހުން ދިވެހިންނަށް ދަތިވާ ގޮތަށް އޮތް  އެ އުސޫލު އަނބުރާ ގެންދިޔަކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ރޭވިގެން ހިނގިކަމެއް، އެކަން ހިނގިގޮތް ފުލުހުން އެ އޮތީ ބަލަން ފަށާފައި.. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް.. އެބޭފުޅުން ކުރާ މަސައްކަތުން ފެނުނުކަމެއް ފެނުނީމަ އެ ދާނެ ރައްޔިތުންނާއި ހަމައާށް..

ކުއްލި ގޮތަކަށް އާންމު ކުރި އެ ނޯޓިސްއަކީ ބަޣާވާތަކަށް ތައްޔާރުވެ، ރޭވިގެން ހިންގި އަމަލެއްކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

މި މައްސަލައިގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ބޭންކުން އަމަލު ކުރީ ސީދާ ރައީސްގެ އެންގެވުމާއި ހިލާފަށް ކަމަށެވެ. އެފަދަ ފިޔަވަޅެއް ނޭޅުމަށް ރައީސް އިރުޝާދު ދެއްވީ ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ތިބުމާއިއެކު ރާއްޖޭގެ 90 އިންސައްތަ އިމްޕޯޓަށް ބަރޯސާވެފައި އޮތުމެވެ.

މީގެއިތުރުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ބޭންކަށް ހުރި ދަތިތައްތަކުގެ ވާހަކަތައް ދައްކާއިރު މިއީ ސީޒަނަލްކޮށް އަންނަ ޑިޕްއެއް ކަމަށެވެ. އަދި ބޭންކުތަކަށް ޑޮލަރު ލިބުމުގެ ދަތިތައް ހައްލު ކުރަން އެމްއެމްއޭއާއި އެކު މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: