ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕީޖީ އޮފީހުގެ ރިސެޕްޝަންގައި މީހަކު ހިދުމަތް ހޯދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއާއި ގުޅިގެން ރައީސް އޮފީހުން ކުރި އިއުލާނުގައިވާ ގޮތުން މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މި މަގާމަށްއެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 10 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހާއި 11 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މަގާމަށް އެދި ހުށައަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

މި މަގާމު ހުސްވީ ކުރިން ޕީޖީކަމުގައި ހުންނެވި ހުސައިން ޝަމީމް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ،

ޕީޖީކަމުގެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރުމާއެކު، އެ ދާއިރާގައި މަދުވެގެން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުމެވެ.

ޕީޖީގެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ރައީސް ފޮނުއްވާ ނަންތަކަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާގޮތުން އެ މަގާމު ހުސްވާތާ 30 ދުވަސް ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވެންދެން ޕީޖީ އޮފީސް ހިންގާނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: