ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ރައީސް އަބަދުވެސް ބާރުއަޅުއްވާ: އިޙްސާނު

މާފުށީ ޖަލުގައި މަރުވި ޖަމީލް:
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފްވާނަމަ ފަސް ނުޖެހި ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިރުޝާދުދެއްވާ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާކަމަށް ތުހުމަތުކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާ ވަގުތެއްގައެވެ.

ޤާނޫނު ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ބޮޑު ރިސްކެއްގައިކަން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޔުނިފޯމް އެޅި މުއައްސަސާތަކުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރައްވާކަމަށް ވިދާޅުވި އެވެ.

ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ތުހުމަތުކުރެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޔުނިފޯމް އެޅި މުއައްސަސާތަކުން ޤާނޫނާ ޚިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި ރައީސް ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވައި ކަމަށެވެ.

“ މިކަން ކުރާނެ މަގު ޤާނޫނުން އެބައޮތްކަން ފެނިފަ… ވިލްޕަވަރ ކުރިން ނެތީ.. މައުލޫމާތުވެސް ނެތީއެއްނޫން.. މިކަން ކުރަންވެސް ނޭނގެނީއެއްނޫން..މިއަދުގެ ރައީސް އެ ޑިޒިޝަން ނެންގެވުމުން މިކަމަށް ހުއްޓުމެއް އަންނަން ޖެހޭ ކަމާއި މިކަމަށް ފިޔަވަޅު އަޅަން ޖެހޭކަން އަޅުގަނޑުމެންނަށް އަންގާ އިދާރާތަކުން އަޅަން ފެށި ފިޔަވަޅުތަކުން އަޅުގަނޑަށް ހީވަނީ ސަރުކާރަކުން ނެގި ވަރަށް ސްޓްރޯންގް ސްޓޭންޑެއް ހެން“ ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް މުވައްސަސާތައް ގުޅިގެން ކުރާ މަސައްކަތުން ނަތީޖާ ފެންނާނެކަން މިހާރު ސާބިތުވަމުންދާކަމަށެވެ. އަދި ކަރެކްޝަންސްގެ 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި ފޮނުވުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވަނީ ފުލުހުން ކުރެއްވި ބުރަ މަސައްކަތްވެސް ފާހަގަކުރައްވައިފައެވެ.

ޤަވާއިދާ ޚިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: