ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީގެ މަގާމަށް ގާތް މީހަކު ގެނައުމަށް ލޮބީއެއް ނުކުރަން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ވަކި ބޭފުޅަކު ގެނައުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް، ޕީޖީގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައި ވޯޓު ނެގުމަށް ތާވަލުކޮށްފައި ވަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވި އެވެ. ގިނަ ތުހުމަތުތަކެއްކޮށް ޝަމީމް މަގާމުން ވަކި ކުރީ އަބްދުއްރަހީމް ބޭނުންވެގެންކަމަށާއި، އޭނާ މަސައްކަތް ކުރަނީ އާއިލާގެ މެމްބަރެއް ޕީޖީއަށް ގެނައުމަށްކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.

އާއިލާގެ އެއްވެސް ބޭފުޅެއް ޕީޖީއަކަށް ގެނައުމަށް ލޮބީކުރެއްވިންތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެ ވާހަކަ އެހެން ދެކެވެނީ އާއިލާގައި ވެސް ގާބިލު މީހުން ތިބުމުންކަމަށެވެ.

އަބްދުއްރަހީމް ވިދަޅުވީ އޭނާއާއި ގާތް ނުވަތަ، އެހެން ދަންނަ މީހެއް ވެސް އެ މަގާމަށް ގެނައުމަށް މަސައްކަތް ނުކުރާކަމަށާއި، އެފަދަކަމެއް ވެދާނެތީ ބިރު ގަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ވެދާނެކަމަށެވެ. އޭގެ ސަބަބެއްކަމަށް އަބްދުއްރަހީމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްފާނެކަމަށް ރައީސް ޔާމީނަށް ހީވުމެވެ. އަދި އެ މަގާމަށް ކޮންމެ މީހަކު ގެނެސްގެން ވެސް އޭނާގެ މައްޗަށް ރައީސް ޔާމީން ތުހުމަތު ކުރާ ހިޔާނާތުގެ މަންފާ ނެގިކަމުގެ ވާހަކަ ހަގީގަތަކަށް ނުވާނެކަމަށާއި، އެކަން ސާބިތު ވެސް ނުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަނެއް ކަމަކީ އެބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް މީހަކު އެމަގާމަށް އަތުވެދާނޭ، އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމާތާ އެގޮތަށް ޝައްކު އުފައްދަން ޖެހޭނީ.

އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް ރައީސް ޔާމީން ވަޑައިގެން، އެ މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރެއްވި ނަމަވެސް ކުށެއް ސާބިތު ނުކުރެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: