ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 4 މިލިއަން ޑޮލަރު، ހަރަދުތައް 12 މިލިއަން ޑޮލަރަށް އަރާ

ޕީއެންސީގެ ޖަގަހަ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވާހަކަދައްވަނީ.-- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ 4 މިލިއަން ޑޮލަރު ނަމެވެސް ދައުލަތުން 12 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދު ދަށްވެ ސަރުކާރުން އެޅުމަށް ނިންމާފައިވާ ބައެއް މުހިންމު ފިޔަވަޅުތައް އިއުލާނު ކުރިއިރު އޭގެ ތެރޭގައި ހަރަދުތައް ކުޑަކޮށް ޑޮލަރު އާމްދަނީ އިތުރު ކުރުން ހިމެނެ އެވެ.

އެ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލު އުފައްދާތީ، ސައީދު ވިދާޅުވީ ރާއްޖެއަށް ދުވާލަކު 4 މިލިއަނާއި ގާތްކުރާ އަދަދަކަށް ޑޮލަރު ލިބުނު ނަމަވެސް، ދައުލަތުން 12 މިލިއަން ޑޮލަރު ހަރަދު ކުރަންޖެހޭ ކަމަށެވެ. އަދި 8 މިލިއަން ޑޮލަރު ދުވާލަކަށް ދަރަނީގެ ސްޓޮކަށް އިތުރުވާކަން ފާހަގަކުރެއްވި އެވެ. މިއަދު އޮތް ހާލަތަށް ގައުމު ގޮސްދާނެކަމަށް ލަފާ ކުރެވޭތީ އިންޓަނޭޝަނަލް މަނިތަރީ ފަންޑާއި މާލީ އިދާރާތަކުން ކެނޑިނޭޅި ދިން އިންޒާރުތަކަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

“ ގާތްގަނޑަކަށް ޤައުމަށް ލިބޭ އާންމުދަނީއަކީ 4 ބިލިއަން ޑޮލަރު ދުވާލަކަށް، އަޅުގަނޑުމެން ޙަރަދު އެބަކުރޭ، ސަރުކާރުން އެބަ ޙަރަދު ކުރޭ މިވީހާ ތަނުން، 12 މިލިއަން ޑޮލަރު މިހާތަނަށް “ މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ އެއްވެސް އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނުހޯދައި ނަގާފައިވާ ލޯނުތަކެވެ. ސައީދު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ދަރަނީގެ ސްޓޮކަށް އިތުރުވަމުން ގޮސް އުފެއްދުންތެރިކަމުގެ 120 އިންސައްތައާއި ހަމައަށް އަރައިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

”ދަރަނީގެ ސްޓޮކްއަށް އިތުރުވަމުން ގޮސް 120 ޕަސެންޓް ޖީޑީޕީގެ، އުފެއްދުންތެރިކަމުގެ 120 ޕަސެންޓް އާއި ހަމައަށް ދަރަނި އުފައްދައި 122 ބިލިއަން ރިފިޔާގެ ދަރަންޏެއް އޮތީ ހިސްޓްރީ ދުވަހަކުވެސް ރާއްޖެއާއި ނުބައްދަލު، 5 އަހަރު ތެރޭގައި މުޅި ދިވެހި ތާރީހު އެއްކޮށްލީމަވެސް ނުވާ ވަރުގެ ދަރަނި ސްޓޮކެއް، “ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ކުރީގެ ފިނޭސް މިނިސްޓަރ އިބްރާހިމް އަމީރު 2020 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި ކޮވިޑްގެ ޙާލަތާއި ގުޅިގެން މަޖިލީހުގެ ރައީސަށް ފޮނުއްވައިފައިވާ ސިޓީގައި 1 އަހަރު ދުވަހަށް، ޙަރަދަށް ޒިންމާ ވުމުގެ ޤާނުނު 7/2013 ގައި 3 އަކުރެއް ސަސްޕެންޑް ކޮށް ފައިސާ ޗާޕުކުރުމަށް އެދިލައްވައިފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް އެދިލައްވައިފައިވަނީ ކޮވިޑްގެ ހާލަތު ނިމި ބޯޑަރު ހުޅުވި ފުހުން ކަމަށް ވަނީ ވިދާޅުވެފައެވެ.

“ ކޮވިޑާއި ގުޅިގެން، 19 އޭޕްރީލް 2020 ގައި ފޮނުވައިފައިވާ ސިޓީއެއް، މަޖިލިހުގެ ރައީސްއަށް ފޮނުވައިފައި މި އިންނަނީ، ކޮވިޑްއާއި ގުޅިގެން 1 އަހަރު ދުވަހަށް  ޙަރަދަށް ޒިންމާ ވުމުގެ ޤާނުނުގެ 7/2013 ގެ ތިން އަކުރެއް، ސަސްޕެންޑް ކޮށްދޭށެ، ތިމަންނަމެން ފައިސާ ޗާޕު ކުރަން، ތިން އަކުރެއް ސަސްޕެންޑް ކޮށްދޭށެ 1 އަހަަރަށް، ކޮވިޑްގެ ހާލަތު ނިމިގެން ރާއްޖެގެ ބޯޑަރުވެސް ހުޅުވި ފަހުން“ މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން ދުނިޔޭގެ މާލީ މިންގަނޑުތަކާއި އެއްވަރަށް ކަންކަން ގެނެއުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަމެއް ދެއްވައި، މަސައްކަތް ކުރައްވަމުން ގެންދަވައި ކަމަށް ވަނީ މިނިސްޓަރ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: