ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްތްރީ 2 ގެ އެންމެ މަޤްބޫލުކަމެއް ލިބުނު ރޯލަކީ މިއީ

ފިލްމު ސްތްރީ 2 ގެ ޕޯސްތަރެއް
ޝެއާރކޮށްލާ ކަހަލަދޯ؟

”ސްޓްރީ 2“ އަކީ މިވަގުތު ބޮކްސް އޮފީހުގައި ރެކޯޑް އަދަދަކަށް ކުރިއަރަމުން އަންނަ ފިލްމެކެވެ. ރާޖްކުމާރު ރާއޯ، ޝްރައްދާ ކަޕޫރު، ޕަންކަޖް ތުރިޕަތީ، އަބީޝެކް ބެނާޖީ އަދި އަޕަރްޝަކްތީ ކުރާނާގެ އެކްޓިންއަށް ގިނަ ބައެއް ތައުރީފު ކުރަމުން އަންނައިރު، ފިލްމުގައި މުހިއްމު ރޯލެއް އަދާކޮށްފައި ވަނީ އަދި އެހެން މީހެކެވެ. މި ދައްކަނީ ރެސްލާ އަދި އެކްޓަރު ސުނިލް ކުމާރު ކުޅެފައިވާ ރޯލު ”ސަރްކަޓާ“ ގެ ވާހަކަ އެވެ.

”ސަރްކަޓާ“ ގެ ރޯލުން ފެނިގެން ދިޔަ ސުނިލް ކުމާރު

އިންޑިއާގެ މީޑިއާއަކަށް ދީފައިވާ އިންޓަވިއު އެއްގައި ސުނިލް ކުމާރު ވަނީ ފިލްމަށް ލިބެމުން އަންނަ ތަރުހީބާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. ސުނިލް ބުނީ ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މީހުން އޭނާގެ ރޯލަށް ތައުރީފު ކުރާތީ އޭނާއަށް ވަރަށް ބޮޑު އުފަލެއް އިހުސާސް ކުރެވޭ ކަމަށެވެ. މީގެ އިތުރުން ކުމާރު ވަނީ ދާދި ފަހުން ރިލީޒްކުރި ފިލްމު ”ކަލްކީ 2898“ ގައި އަމީތާބް ބައްޗަންގެ ބޮޑީ ޑަބަލްގެ ރޯލު ކުޅެފައެވެ.

އޭނާ ބުނި ގޮތުގައި އޭނާ ކުޅުނު ފުރަތަމަ ވެބް ފިލްމަކީ އަލީ ފަޒާލް، ޝްރިއާ ޕިލްގާންކަރް، ޖިމް ސަރްބް އަދި ބަރްކާ ސިންގް ލީޑް ރޯލް ކުޅުނު ”ހައުސް އެރެސްޓް“ އެވެ. ނެޓްފްލިކްސްގެ ފިލްމުގައި ސުނިލް ކުމާރު ކުޅެފައިވަނީ ބަރްކާގެ ކެރެކްޓާ ޕިންކީގެ ބޮޑީގާޑް ރާމްބޯގެ ރޯލެވެ. ނަމަވެސް ނާގް އަޝްވިންގެ ތެލެގޫ ބަހުގެ އެޕިކް ސައިންސް ފިކްޝަން ފިލްމު “ ކަލްކީ 2898″ ގައި މަސައްކަތް ކުރަމުން ދަނިކޮށް ސްޓްރީ 2 ގެ އެކްޓަރަކަށް ވުމުގެ ކޯލެއް ލިބުނުކަމަށެވެ.

އޭގެ ފަހުން އޭނާގެ ޕްރޮފައިލް ޕްރޮޑަކްޝަން ޓީމަށް ފޮނުވުމުން ޑައިރެކްޓަރު އަމަރް ކޯޝިކް ވަނީ އޭނާ މުމްބާއީއަށް ގެނެއްސައެވެ. ފިލްމީ ތަރިއާ އޭނާ ކުރި މުއާމަލާތްތަކުގެ ވާހަކަ ދައްކަމުން ކުމާރު ބުނީ އޭނާގެ އަތްފައިގެ ސައިޒު ބެލި ކަމަށާއި އެހިސާބުން ސަރްކަޓާގެ ރޯލު އޭނާ އަށް ހުށަހެޅުނު ކަމަށެވެ. ކުމާރުގެ އިންސްޓަގްރާމް ޕްރޮފައިލްގައި ވާ ގޮތުން އޭނާގެ ދިގުމިނުގައި 7.7 ފޫޓު ހުރެ އެވެ.

ސްތްރީ 2 ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވަނީސް މި ފިލްމަށް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. މި ފިލްމުގެ އެކްޓަރުންނަކީ ސްތްރީގެ ފުރަތަމަ ބައިގައި ވެސް އެކްޓް ކުރި އެކްޓަރުންނެވެ. އަދި ފިލްމު ކުޅެފައިވަނީ ފުރަތަމަ ބައި ވެސް ކުޅެފައިވާ އިންޑިއާގެ އަވަށެއް ކަމަށްވާ ޗަންދޭރީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: