ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ މިހާލަތަށް ވައްޓާލީ އެމްޑީޕީ، ރިޒާވެއް ނެތްކަމަށް ބުނެ ވާހަކަ ދައްކަނީ ވެސް ލިބޭ އުފަލެއްހެން: އަބްދުއްރަހީމް

ރައްޔިތުންގެ މަޖިލިސް ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތަށް ވެދާނެ ގޮތަކަށް ބެލުމެއް ނެތި، ބޭނުންވި ގޮތަށް އަމިއްލަ މަންފާއަށް ނިންމުންތައް ނިންމަމުން ދިޔަ ބައެއްގެ ލަފައާއި އިރުޝާދު ސަރުކާރުން ހޯދަން ނުޖެހޭކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބުނެފި އެވެ.

ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަން ފެށިކަން އިއުލާނުކޮށް މިއަދު ޕީއެންސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އިދިކޮޅުގެ އެމްޑީޕީ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހަން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބަކީ ފަސް އަހަރު ނިމިގެން ދިޔައިރު ގައުމަށް ވެދާނެ ގޮތަކާއި މެދު ވިސްނާލުމަށް ތަކުރާރުކޮށް އެދުމުން ވެސް، ސަމާލުކަން ދިނުމެއް ނެތި ބޭނުންވިހާ މާލީ ފިޔަވަޅުތައް އެމްޑީޕީ އަޅަމުން ގޮސްފައިވާތީކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވެދާނެކަމަށް، ނުވަތަ ރިޒާވް ހުސްވެއްޖެކަމަށް ބުނެ އެމްޑީޕީ އެ ވާހަކަ ޕޯޑިއަމްތަކުގައި ދައްކަނީ ލިބޭ އުފަލެއްކަމަށް ދޭހަވާހެން ކަމަށެވެ. އެއީ ޕާޓީއަށް ލިބޭ ކާމިޔާބީއެއްގެ ގޮތުގައި އެ ވާހަކަތައް ދައްކަވާއިރު ގައުމެއްގެ މާލިއްޔަތާއި ގުޅުން ހުރި ކޮންމެކަމެއް އެއީ ނާޒުކު ވާހަކައަކަށް ވެދާނެކަމަށް އެމްޑީޕީ ދަންނަން ޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރަން ޖެހިފައި ވަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މުޅި ގައުމު އެކީ އަލުން އާރާސްތު ކުރުމުގެ މަސައްކަތެވެ. އަދި ރާއްޖެ މާލީ އަނދަވަޅަކަށް ވައްޓާލި އެމްޑީޕީއާއި އެކު މަޝްވަރާކޮށް ވާހަކަ ދައްކައިގެން އެ ފަދަ ހާލަތެއްގައި ނިކުންނާނީ މާ ގޮސް ނަތީޖާއެއްކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޮވިޑު-19 ގެ ބަހަނާ ދައްކައި ފައިސާ ޗާޕު ކުރުމަށް މަސައްކަތް ފެށުމާއި އެކު އޭރުގެ އިދިކޮޅުގައި ތިއްބެވި މެމްބަރުން އެކަމަށް ދެކޮޅު ހެދިކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީ މެމްބަރުން ދިޔައީ ތަކުރާރުކޮށް އިސްލާހީ ފިޔަވަޅުތައް ރަނގަޅު މަގަކުން ކުރިޔަށް ގެންދަން އެދިފައިކަން ފާހަގަކުރި އެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ކަމަކަށް ބެލުމެއް ނެތި ދަރަނިތައް ނަގަމުން ދިޔައީ، އާމްދަނީ ލިބޭނެ ކޮން މަގެއް ހޯދާފައިތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

މަޖިލީހުގައި ޕީޕީއެމް/ޕީއެންސީ މެމްބަރުން ދިން އެއްވެސް ލަފައެއް އެމްޑީޕީ ގަބޫލު ނުކުރިކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓަރ އަދި އޭރުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށާއި މަޖިލީހަށް ފޮނުވި ސިޓީތައް މިހާރު ވެސް ފެންނަން ހުންނާނެ ކަމަށެވެ. ފައިސާ ޗާޕު ނުކުރުމަށާއި، ރަނގަޅު ފިޔަވަޅުތައް އަޅައި ހަރަދުތައް ކުޑަ ކުރުމަށް އެދުމުން އޭގެއިން އެއްވެސް ކަމަކަށް އަމަލު ކުރުމަށް އެމްޑީޕީ ބޭނުން ނުވީކަމަށް ސައީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: