ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއައިގެ ސަބަބުން މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއިއެކު ތަރައްޤީ ކުރުމަށް ފަސޭހަވޭ : ޙައިދަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މަލްޓި ޑައިމެންޝަނަލް ޕޮވާޓީ އިންޑެކްސް (އެމްޕީއައި)ގެ ސަބަބުން މާލެއާއި އަތޮޅު ތެރެ ހަމަހަމަކަމާއެކު ތަރައްގީ ކުރުމަށް ފަސޭހަވެފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

މިހާރު އުޒްބަކިސްތާނުގައި ކުރިއަށްދާ މަލްޓިޑައިމެންޝަނަލް ޕޮވަޓީ ޕިއާސް ނެޓްވޯކްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އެމްޕީއައި ބަލައިގަތުމަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މުހިންމު އެކި ދާއިރާތައް ދެނެގަނެ، އެކަމަށް ހައްލު ހޯދުމުގެ ފުރުސަތު ސަރުކާރަށް ލިބިފައިވާކަމަށެވެ.

މީގެއިތުރުން ވަޒީރު ވިދާޅުވީ ރާއްޖެ އިތުރަށް ތަރައްޤީކުރާއިރު ވެރިކަންކުރާ މާލެއާއި އަތޮޅުތެރެ ހަމަހަމަކަމާއެކު ތަރައްޤީކުރަންޖެހޭކަމަށާއި، އެގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއައިގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބޭކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ސަރުކާރުން މިހާރު ވެސް އަމާޒުހިފައިވަނީ ސަބްސިޑީއާއި އިޖުތިމާއީ އިނާޔަތްތައް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްކަމަށެވެ. އެ ބައްދަލުވުމުގައި އިތުރަށް ވަޒީރު ވިދާޅުވީ އެމްޕީއައި ތައާރަފްކުރުމާ އެކު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާ ގުޅިގެން ރާއްޖޭގެ ފަގީރުކަމުގެ ނިސްބަތް ދެނެގަނެ އެ ނިސްބަތް ދަށްކުރުމަށް މަސައްކަތްތަކެއް ފަށައިފައިކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރު އެމްޕީއައިގެ ފުރަތަމަ ހޯދުމުން އެނގިފައިވާ ގޮތުން ރާއްޖޭގެ އާބާދީގެ ނިސްބަތުން ކޮންމެ 10 މީހަކުން އެކަކީ ފަގީރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގެ 28 ޕަސެންޓަކީ ފަގީރުންކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

‎އާމްދަނީގެ ފަގީރު ކަމުގެ ބަދަލުގައި ބަލާ މަލްޓި ޑައިމެންޝަން ޕަވަޓީ އިންޑެކްސް ނުވަތަ އެމްޕީއައި އަކީ ތަފާތު އެކި ނަޒަރުން ފަގީރުކަން ވަޒަން ކުރުމަށް އެކުލަވާލެވޭ މިންގަނޑެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: