ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އެންމެ ފުރަތަމަވެސް މެނޭޖްކުރަންވީ ދަރަނީގެ މައްސަލަ : ސައްތާރު

މެމްބަރު އަބްދުލް ސައްތާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ޤައުމު އޮތް ޙާލަތަށް ބަލާއިރު، ރާއްޖޭގައި އެންމެ ފުރަތަމަ މެނޭޖްކުރަން ޖެހިފައިވަނީ ދަރަނީގެ ޙާލަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުލް ސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ ޙަބަރަށްފަހު “ ޕްރޮގުރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ރައްޔިތުން ނިކުމެ ބަދަލު ނުކުރިނަމަ، މިއަދު ޤައުމު އޮންނާނީ، އަވަށްޓެރި ލަންކާއަށް މިއަދު ދިމާވެފައިވާ ހާލަތުގައި ކަމަށެވެ. އަދި އަދުގެ ސަރުކާރަށް އިޤްތިސާދީ ހާލަތު ރަނގަޅު ނުކުރެވޭ ކަމަށް ބުނި ނަމަވެސް، އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވައި ކަމަށާއި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުވެސް އިތުރުވެގެންދާ ކަމަށް މެމްބަރ ސައްތާރު ވަނީ ފާހަގަކުރައްވައިފައެވެ.

”ނއެމްޑީޕީގެ ވެރިކަން ބަދަލު ނުކުރިނަމަ، އޮންނާނީ އަވަށްޓެރި ލަންކާއަށް ވި ޙާލަތުގައި، ދެން ބުނަނީ ކޮން ކަމެއްހޭ ކަލޭމެން ތި ކުރަނީ، އެއްވެސް ކަމެއް ނުކުރެވެއޭ، އެއްވެސް އެއްޗެއް މެނޭޖެއް ނުކުރެވެއޭ، އިޤްތިސާދު ރަނގަޅެއް ނުކުރެވެއޭ، ނޫން އިޤްތިސާދު ރަނގަޅުވެސް ކުރެވޭ، ދިވެހިރާއްޖެއަށް ޓޫރިސްޓުންވެސް އާދޭ، މި ހުރިހާ ކަމަކާއެކުވެސް އެންމެ ފުރަތަމަ މެނޭޖްކުރަންޖެހެނީ ކޮން ކަމެއް ތޯ. “ ސައްތާރު ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، ރާއްޖޭގައި ދަރަނީގެ މައްސަލަ ހައްލު ކުރަން ޖެހިފައިވާއިރު، ވޭތުވެދިޔަ ސަރުކާރުން ކޮށްފައިވާ ކަންކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އަބަދުވެސް ޤައުމުގެ ސަރުކާރުން ހިލޭ ކޮށްދެއްވައިފައިވާ ހުރިހާ ކަމެއްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގައި އާސަންދައިގެ ހާލަތު ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ވަނީ މެމްބަރު ވަނީ ފާހަގަކުރައްވައިފައެވެ. މެމްބަރ ވިދާޅުވި، ރާއްޖެއަކީ ތެލަށް ބަރޯސާ ވެފައިވާ ޤައުމަކަށް ވާއިރު، އިޤްތިސާދީ މާހިރުން ފާހަގަކުރައްވައިފައިވާ ގޮތުގައި އަހަރު ގާތް ގަނޑަކަށް 600 މިލިއަން ޑޮލަރު ތެލަށް ޙަރަދުވާ ކަމަށެވެ.

“ ރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ޤައުމެއް، ވަރަށް ގިނަ ޤައުމުގެ ތަރައްޤީގެ ، އަޅުގަނޑުމެންގެ ކޮންމެ މެޝިނެއް ހިނގިއަސް ހިނގަނީ ތެލުން، ތަރައްޤިއަށް ޓަކައި ދުވާ ކޮންމެ އެއްޗެއް ދުވަނީ ތެލުން، ދިވެހިރާއްޖެއަކީ ތެލަށް ބަރޯސާވެފައިވާ ޤައުމެއް، ތެޔޮ އެތެރެކުރަންޖެހޭ“ ސައްތާރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ، އެހެންކަމުން މި 12 މަސް ތެރޭގައި ރައީސް ކުރައްވައި މަސައްކަތްޕުޅަކީ ކުރިއަށް އޮތް 4 އަހަރު ރަނގަޅު ކުރުމަށްޓަކައި ކުރައްވައި މަސައްކަތް ކަމަށެވެ. އަދި މިހާރު ދައްކަމުން އަންނަ ދަރަނިއަކީ 9 މަސް ދުވަހު އުފެދުނު ދަރަނިއެއް ނޫން ކަމަށާއި އަދި ނިމިދިޔަ 9 މަސް ދުވަހު ޗާޕުކުރި ފައިސާ އެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: