ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ވައްޓާލުމަށް މަގުމައްޗަށް ނިކުތުމަށް ގޮވާލުމުން، މައްސަލަ ބަލަން ޖެހޭ: އިހުސާން

ހޯމްލޭންޑް މިނިސްޓަރު އިހުސާން މައުލޫމާތު ދެއްވަނީ. --ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވެރިކަމެއް ވައްޓާލައި ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދިނުމަށް ގޮއްވާލުމުން އެ މައްސަލަ ބަލަން ޖެހޭކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރައްޔިތުން އިންތިހާބު ކުރި ސަރުކާރެއް ވައްޓާލަން ގޮވާލުމުން އެއީ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ ބަލަން އެ ސަރުކާރު އިންތިހާބު ކުރި ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އިހުސާން ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލައި ޝުއޫރު ފާޅުކުރި އެކްސް އެކައުންޓްތަކުގެ ތެރޭގައި ޕެއިޑް ބޮޓް އެކައުންޓް ހިމެނެ އެވެ. ބަޣާވާތެއްގެ ގޮތުގައި ތުހުމަތު ކުރެވިގެން މި މައްސަލަ ތުހުމަތު ކުރަމުން ދަނީ ވަރަށް ގިނަ އިއްތިފާގުތަކެއް މިކަމުގައި ހިމެނޭތީ ކަމަށް އިހުސާން ވިދާޅުވިއެވެ.

މައްސަލަ ތަހުގީގު ކުރަން ފެށުމުން ޕޮލިސް ކޮމިޝަނަރު އިސްތިއުފާ އަށް އިދިކޮޅު ފަރާތްތަކުން ގޮވަން ފަށާފައިވާ ކަމަށާއި އެފަދަ ކަންކަން ނުކުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ ސަރުކާރު ވައްޓާލަން ބަޣާވާތް ކުރިތޯ ބެލުމަކީ ފުލުހުންގެ ހިދުމަތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ފުލުހުން ސިޔާސީ ރޮނގަކުން ނުބަލާނެ ކަމަށާއި ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ކަމެއް އޮތް ނަމަ، ފުލުހުން އެކަމެއް ބަލާފައި ޖަވާބުދާރީވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

”ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ބައެއް ހޮވާފައި އޮތް ސަރުކާރެއް ވައްޓާލުމަށް ކަމަށް ބެލެވޭ ހާލަތްތަކެއް، ހުރީމަ ނުބަލާ ކަމަކު ނުދާނެ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސިޔާސީ ކަންކަން ކުރުމުގެ ތެރެއަށް މޯލްޑިވްސް ޕޮލިސް ސާވިސް ނުބާނާ. ސިޔާސީ ރެޓަރިކް ތެރެއަށް ސިޔާސީ ނެރެޓިވް ތެރެއަށް ސިޔާސީ ވާހަކަތަކުގެ ތެރެއަށް ދައުލަތުގެ މިފަދަ ޔުނިފޯމް މުއައްސަސާތައް ނުވައްދާ“

މީގެއިތުރުން އެ ތަހުގީގު ކުރަން ޖެހުނު ސަބަބު އިތުރަށް ސާފު ކޮށްދެއްވަމުން އިހުސާން ވިދާޅުވީ ޑޮލަރުގެ މައްސަލަ ދިމާވި ދުވަހު ”ގިނަ އިއްތިފާގުތަކެއް އެއްފަހަރާ ހިނގި“ ކަމަށެވެ. ބީއެމްއެލް އިން އެ ނިންމުން ނިންމާފައި ވަނީ އިތުރު ބޯޑް މީޓިން އެއް ބާއްވަން ގަޑިއިރު ތަކަކަށް ވެފައި ވަނިކޮށް ކަމަށާއި އެ ދަނޑިވަޅާ ދިމާކޮށް ޕެއިޑް ސާވިސްތަކާއި ސޯޝަލް މީޑިއާ ބޮޓްތަކަކުން މީހުން މަގުމައްޗަށް ނެރެން ގޮވާލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެވަގުތު ސިޔާސީ ޕާޓީއަކުން ވެސް ޕްރެސް އެއް ބޭއްވި ކަމަށް އިހުސާން ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: