ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ކަންކަމުގެ ތެރެއަށް ފުލުހުން ނުވެއްދުމަށް ދާޚިލީ ވަޒީރު އިލްތިމާސްކުރައްވައިފި

ހޯމްލޭންޑް މިނިސްޓަރު އިހުސާން މައުލޫމާތު ދެއްވަނީ. --ފޮޓޯ: ހޯމްލޭންޑް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ހަމަނުޖެހުންތަކާއި، ކޯޅުންތަކުގެ ބަހުސަށް ފުލުހުން ނުވެއްދުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން އެދިވަޑައިގެންފި އެވެ.

ގައުމީ ބޭންކް ބީއެމްއެލްއިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ސިޔާސީ ވަކި ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ބަޣާވާތަކުން ވައްޓާލަން އުޅުނުކަމަށް ބަލައި ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ. މިފަދަ ތަހުގީގެއް ފެށީ، އެ ނިންމުން އާންމު ކުރި ވަގުތާއި ދިމާކޮށް އިދިކޮޅުން ނޫސްވެރިންގެ ބައްދަލުވުންތަކެއް ބޭއްވުމާއި ސޯޝަލް މީޑިއާގައި ސަރުކާރު ވައްޓާލަން މަގުމައްޗަށް ނިކުތުމަށް ގޮވާލުމުންނެވެ. ހަމަނުޖެހުން އުފެއްދުމަށް ހިތްވަރުދިން އެ ޕޯސްޓުތަކުގައި އަވައްޓެރި ލަންކާއާއި، ބަންގްލަދޭޝްގެ ސަރުކާރު ވައްޓާލި ގޮތުގެ ފޮޓޯތައް ހިމަނާފައި ވެއެވެ.

މި މައްސަލައިގައި ފުލުހުންނަށް ފާޑުކިއުން އަމާޒުވަމުން ދަނިކޮށް، ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، ބޭންކުގެ އެ ނިންމުމުގެ އަސަރު ވަރަށް ގިނަ ރައްޔިތުންނަށް ކުރާނެކަމަށެވެ. އަދި އަދި އެ ނިންމުމާއިއެކު ސަރުކާރުގެ ވާދަވެރި ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެގަޑީގައި ސޯޝަލް މީޑިއާގައި ”ބޮޓު“ އެކައުންޓުތަކެއް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް ގޮވާލާފައިވުމުން ސުވާލު އުފެދޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެފަދަ ގިނަ އިއްތިފާޤުތަކެއް އެއްފަހަރާ ކުރިމަތިވުމުން ރައްޔިތުން އެކަމާއި ސުވާލު އުފައްދާނެކަމާއި އަދި އެސުވާލުތަކަށް ޖަވާބުދާރީވާނެ ތަހުގީގީ އިދާރާއަކީ ފުލުހުންގެ ޚިދުމަތް ކަމަށް ވަނީ ވިދާޅުވެފައެވެ.

”މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގެއް ކުރަން ފެށުން އޭގެ މާނައަކީ ގޮތެއް ނިންމުމެއް ނޫން. އޭގެ މާނައަކީ އެކަން ބަލާނަމޭ. ބަލާފަ ކަމެއް އޮތިއްޔާ އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ. ކަމެއް ނެތިއްޔާ ނެތްވާހަކަވެސް ދިވެހި ރައްޔިތުންނަށް އަންގަދޭނަމޭ. މިއީ ތަހުގީގު ކުރުމުގެ ބޭނުމަކީ. އެކަމަކު މި ތަހުގީގު ފެށުމުން ކޮމިޝަނަރގެ އިސްތިއުފާއަށް ގޮވަން ފަށައިފި. މިއީ ވަރަށް ޣައިރު ޒިންމާދާރުކަމެއް،“ ވަޒީރު ވިދާޅުވިއެވެ

ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ދިވެހި ރައްޔިތުންނަށް ކުއްލި ސިހުމެއް ގެނުވާފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަދި ހަމަ އެވަގުތު މީސް މީޑިއާގައި ބޮޓް (އަސްލު މީހަކަށް ނިސްބަތް ނުވާ) އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށް ގޮވާލާ އާންމު ހަމަޖެހުން ނަގާލުމަށް ވަނީ ގޮވާލާފައިއެވެ. މި ކަމާއި ގުޅިގެން ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: