ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އިސްކުރެއްވީ ސިނާއަތުގެ މަސްލަހަތު: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުޅުވައިލަން ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވާގޮތަށް ރައީސް ނިންމެވުމުން އެނގިގެން ދިޔައީލޭނު މަސްވެރިކަމުން ސަރުކާރަށް ލިބެން އޮތް ނަފާއަށްވުރެ ބޮޑަށް، ސިނާއަތުގެ މަސްލަހަތު ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން 3 ޖޫންގައި ފާސްކޮށްފައިވަނިކޮށް ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވައިލުން އަނބުރާ ގެންގޮސް އެ ހުއްދަ ނުދޭން ރައީސް ވަނީ ނިންމައިފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެ ނިންމުން ބަދަލުކުރަން ރައީސް ނިންމަވާފައި ވަނީ އެކަމާއިގުޅިގެން ކަންބޮޑުވުން ފާޅުކޮށް ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން ގެހުށަހެޅި ކަންކަމަށް ރިއާޔަތް ކޮށް ކަމަށެވެ.

މި ކަމާއި ގުޅިގެން ސޯސަލް މީޑިއާގައި ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުން މަސްވެރިންގެ އަޑުއަހާ، މަސްވެރިންނަށް ފައިދާހުރި ގޮތަކަށް މި ސިނާޢަތް ބައްޓަންކުރުމަށްއަބަދުވެސް މަސައްކަތް ކުރާނެކަމަށެވެ. އަދި މިސިނާޢަތް އިތުރު ހަރުފަތަކަށް ގެންގޮސް ރައްޔިތުންނާއި ޚާއްޞަކޮށް މަސްވެރި ޢާއިލާތަކަށް ކުރިމަތިވެފައިވާދަތިކަމުން އަރައިގަނެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: