ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕެޓް ސިސްޓަމް ހެދުމަށް މެލޭޝިއާގެ ކުންފުންޏާއި ހަވާލުކުރީ، ބޮޑު ބަދަލެއް ދޭންޖެހޭތީ: އިހުސާން

ހޯމް މިނިސްޓަރު އިހުސާން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިޔާގެ ކުންފުންޏެއްކަމަށްވާ ބެސްޓިނެޓާއިއެކު ރާއްޖޭގައި އެކްސްޕެޓް ސިސްޓަމް ހަދަން އެއްބަސްވުމެއް އެކުލަވާލީ، އެ ކުންފުންޏާ އެކު ކުރިން ހަދާފައި އޮތް އެއްބަސްވުން ބާތިލުކުރާނަމަ ބޮޑު ބަދަލެއް ދޭންޖެހޭތީ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ އެންމެ ފުރަތަަމަ މި މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ތެރޭގައިކަމަށެވެ. މި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓުނީ 2019 ވަނަ އަހަރު ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން އެތެރެ ކުރުން ހުއްޓުވުމާއިއެކުކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މި އެއްބަސްވުން އެކުލަވާލީ 15 އަހަރު ދުވަހުގެ މުއްދަތަކަކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އެއްބަސްވުން އަލުން އެކުލަވާލުމަށްޓަކައި، މިދިޔަ ސަރުކާރުގައި ލިޔެކިޔުން ބަދަލުކޮށްފައިވާ ކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ބަދަލުގެ ގޮތުގައި 13.7 މިލިއަން ޑޮލަރު ހޯދަން ހުށަހަޅާފައިވާކަމަށެވެ. އެއީ އެއްބަސްވުން ބާތިލުކުރުމުން ވިޔަފާރީގެ ގެއްލުން ނުހިމަނާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަށް ދޭން ޖެހޭނެ ބަދަލު އަންދާޒާވެސް ނުކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެވަނަ އޮޕްޝަނަކަށް ދީފައި އޮތީ އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރުން.

އިހުސާން ވިދާޅުވިއެވެ.

ގެއްލުމުގެ ބަދަލު ދެއްކުމުގެ އިތުރުން ދެން އެ ކުންފުނިން ރާއްޖެއަށް ދިން އޮޕްޝަންއަކީ، އެހެން ހިދުމަތްތަކާއެކުގައި ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ގާއިމުކުރަން އެމީހުންނަށް ހަވާލުކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސިސްޓަމް ގާއިމްކުރުމަށް ނިންމީ ވަރަށް ގިނަ ދިރާސާތަކަކަށްފަހުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އާ ސިސްޓަމާއެކު ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންގެ އަތުން ލިބޭ ފައިސާ އެތައް ގުނައެއް އިތުރުވާނެކަމަށެވެ. އޭރުން 685 މިލިއަން ރުފިޔާގެ ބަދަލުގައި ދައުލަތަށް، 927 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި މި ސިސްޓަމް ބޭނުން ކުރަން ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: