ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

ރައީސް އޮފީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި، އެމަގާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، 17 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމުތަކާއި އިޤުރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަގާމުތައް ހުސްވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިން ލަފަޔާއެކު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ނައިބު ރައީސް ވެސް ހިމެނޭހެން އެތަނުގެ ހަތަރު މެންބަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަކިކުރެއްވުމާއި ގުޅިގެންނެވެ. މި މެންބަރުން މަގާމުން ވަކި ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

މަޖިލީހުން މި މައްސަލަ ބަލަން ފެށީ މި މެންބަރުންގެ މައްޗަށް ތުހުމަތު ކުރެވޭ ބައެއް މައްސަލަތައް ފެންމަތި ކުރުމުންނެވެ. މީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭކަމަށް ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: