ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާލުވޭ! އޯލެވެލް އަދި އޭލެވެލްގެ ފޭކު ސެޓްފިކެޓުތަކެއް ދައުރުވަނީ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ޗާރޓެޑް އެކައުންޓެންޓުން ތަމްރީނުކުރުމަށް ސްކޮލަރޝިޕްގެ 100 ފުރުސަތު ހުޅުވައިލުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ސައްހަ ނޫން ސެޓުފިކެޓުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެކަމާ ގުޅިގެން އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އޯލެވެލް އަދި އޭލެވެލް އިމްތިހާނުގެ ސައްހަ ނޫން ސަނަދުތަކެއް ދައުރުވަމުންދާއިރު މަތީ ތައުލީމުދޭ އިދާރާތަކުން ދަރިވަރުންނަށް ޕްލޭސްމެންޓް ނުވަތަ އެންރޯލްމެންޓްދޭ އިރު އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

އެމްކިޔުއޭ އިން ބުނީ އެ މައްސަލާގައި ކަމާ ގުޅުން ހުރި އިދާރާތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީގެ ކުރިންވެސް ފޭކު ސަނަދުތައް ދައުރުކުރުމާ ސަނަދު ގަތުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާ އެފަދަ ކަންކަމަށް ސަމާލުވުމަށް އެމްކިޔުއޭ އަދި ހަޔަރ އެޑިއުކޭޝަނުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: