ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބާއި ދެމެދު އެއްވެސް ގުޅުމެއް ނެތް، ވަޒީރުކަމުގައި ވެސް ބައްދަލުކޮށް ނޫޅެން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ލިބުނުކަމަށް ކުރާ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.

ހިޔާނާތުގެ ފައިސާ އަދީބު މެދުވެރިކޮށް ރައީސަށް ލިބުނުކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެ ފައިސާ ރައީސް މުއިއްޒަށް އަދީބު ދީފައި ވަނީ، ޔާމީން ވިދާޅުވާ ގޮތުން ޖާސޫސް ކުރުމަށެވެ.

މި ތުހުމަތުތައް ކުރައްވައި ރައީސް ޔާމީން ފަހަކަށް އައިސް ދައްކަވާ ވާހަކައިގެ މަގްސަދަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ އެފަދަ ވާހަކަތައް އިވި ހަގީގަތުގައި ހައިރާންވާ ކަމަށެވެ. އަދި އަދީބު ނުވަތަ އެހެން މީހެއްގެ އަތުން ފައިސާއެއް ދުވަހަކު ވެސް ހޯދާފައި ނުވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަދީބަކީ އެމަނިކުފާނަށް ހަމައެކަނި، ކެބިނެޓު ވަޒީރެއްކަމަށާއި އޭގެ ފަހުން ނައިބު ރައީސަކަށް އައްޔަނު ކުރި ފަހުން ވެސް ވަކި ހާއްސަ ގުޅުމެއް ބާއްވާފައި ނުވާނެކަމަށެވެ.

އެއްވެސް އިރަކު ނުހުންނާނެ ނައިބު ރައީސަކަށްވި ފަހުން ވެސް ނުހުންނާނެ މީޓެއްކޮށްފައެއް.. ވަކިން މީޓު ކުރަން ވެސް ނާންގަވާ.. ދެން އެހެން އޮއްވައި ބޮން ގޮއްވުމުގެ ހާދިސާ ހިނގީ

ރައީސް މުއިއްޒު ވިދާޅުވީ އަދީބާއި ކެބިނެޓު ބައްދަލުވުމެއް ނުވަތަ ސަރުކާރު ބައްދަލުވުމެއްގައި ނޫން ގޮތަކަށް ފެނިފައި ނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: