ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

209 ޒުވާނުން ޙަތީބުކަމުގެ ސަނަދު ހާސިލްކޮށްފި.

އިސްލާމީ ކަންތައްތައްކާއި ބެހޭ ވުޒާރާއިންކުރިއަށް ގެންދާ " ރުވާން ޙަތީބުންގެ ޕްރޮގުރާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ ޒުވާން ހަތީބުން “ ޕްރޮގުރާމުގެ ދެވަނަ ބެޗުގައި ހަތީބުކަމުގެ ސަނަދު 209 ޒުވާނަކު ހާސިލްކޮށްފި އެވެ.

”ޒުވާން ޚަޠީބުން“ ޕްރޮގުރާމުގެ ދެވަނަ ބުރުގައި ޚަޠީބުކަމުގެ ސަނަދު ހަވާލުކޮށްދެއްވުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވަައިފައެވެ. މި ރަސްމިއްޔާތުގައި ޚަޠީބުންނަށް ސަނަދު ހަވާލުކޮށްދެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޞައިޚް މުޙައްމަދު ލަޠީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއަރޒް ޑރ. މޫސާ އަންވަރު ޙަސަނާއި ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުގެ މެންބަރު ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ،  ”ޒުވާން ޚަޠީބުން“ ޕްރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާ އެކު، ކުރިއަށް ގެންދަވާ ޕްރޮގުރާމެއް ކަމަށެވެ. އަދި އެ ޕްރޮގުރާމްގެ ދަށުން މިއަދާއި ހަމައަށް 300އަށް ވުރެ ގިނަ ޒުވާނުން ޙަތީބުކަން މި ޕްރޮގުރާމު މެދުވެރިކޮށް ފުރިހަމަކުރައްވައިފައި ކަމަށެވެ. އަދި އެކަމުން އެނގިގެންދަނީ  މި ޕްރޮގުރާމަކީ މުޖުތަމަޢުއަށް ބޭނުންތެރި ޕްރޮގުރާމެއްކަމަށެވެ.

މީގެ އިތުރަށް މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރެއްވުމަކީ އަމާޒެއްކަމަށާއި މި އަމާޒު ޙާސިލްކުރެއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ޒުވާން ޙަތީބުން ހާސިލްކުރެއްވި މަތިވެރި ކާމިޔާބީއަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ރޮނގުން އިތުރަށް ކުރިއަށް ދިއުމަށާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ބަޔަކަށްވުމަށް ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. ރުވާން ޙަތީބުން ޕްރޮގުރާމުގެ ތިންވަނަ ބުރު ވަރަށް އަވަހަށް ފައްޓަވާން ނިންމައިފައިވާކަން ވެސް ވަޒީރު ވަނީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: