ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ ޙަތީބުންގެ“ ޕްރޮގުރާމް މުޖުތަމަޢުން ބަލައިގެންފި: ޝަހީމް

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދަވާ ”ޒުވާން ޚަޠީބުން“ ޕްރޮގުރާމު މުޖުތަމަޢުން ބަލައިގެންފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެެއްޖެއެވެ.

ޒުވާން ޚަޠީބުން ޕްރޮގުރާމްގެ ދެވަނަ ބުރު ނިންމައި ސަނަދު ހާސިލްކުރި ޒުވާނުންނަށް ސަނަދު ޙަވާލުކުރެއްމަށް ޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ބައެއް ރަށްރަށުގައި ޚަޠީބުން މަދުވުމުގެ މައްސަލަ ބޮޑުވެފައިވާކަން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުން ފާހަގަކުރެއްވުނުކަމަށެވެ. އަދި މި ޕްރޮގުރާމަކީ އެ ކަމަށް ހައްލު ހޯދެއްވުމަށް ޓަކައި ރާއްވަވައިގެން ފެއްޓެވި މަޝްރޫއުއެއްކަމަށް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ، ޒުވާނުން ޚަޠީބުކަމުގެ ސަނަދު ހާސިލްކުރުމުން ރަށްރަށުން ހޫނު މަރުހަބާ ކިޔާ މަންޒަރާއި، ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާޢަތްތަކުގައި ނަމާދުކުރުމުގެ ފުރުސަތު އެ ޒުވާނުންނަށް ދެމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. އެކަމުން ފެނިގެންދަނީ މުޖުތަމަޢުން މި ޕްރޮގުރާމް ބަލައިގެންފައިވާކަން ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހި މުޖުތަމަޢު އެދި ގޮވަނީ ނަމޫނާ ޒުވާނުންނަށްކަމަށާއި ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތީ ހެޔޮ ކަންކަމަށް ގޮވައިލައި، ދީނީ މަތިވެރި ޝިޢާރުތައް ފާޅުކުރައްވާ ޚަޠީބުންނަކީ މުޖުތަމަޢަށް ބޭނުންވާ ފަދަ ނަމޫނާ ޒުވާނުންކަމަށް ވަނީ ވިދާޅުވެފައެވެ. ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުން ކުރިއަށް އޮތް ތަނުގައި ކޮންމެ ރޮނގަކުން މަތީ ތަޢުލީމު ހާސިލްކުރިކަމުގައި ވިޔަސް ޚަޠީބުކަން ކުރުމުގައި ކުރިއަށް ދިއުމަށާއި، ޤައުމަށް ފައިދާވާނެ ފަދަ ޒުވާނަކަށްވާން ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ޒުވާން ޚަޠީބުން ޕްރޮގުރާމް ނިންމައި 300އަށް ވުރެ ގިނަ ޒުވާނުން މިހާރު ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: