ފާއިތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އަމާން ތަނަކަށް ހެދުމަށްޓަކައި ދިވެހި ފުލުހުން ގިނަ ގުނަ ޙިދުމަތް ތަކެއް ކޮށްދެއްވައިފައިވާ ކަމަށް ކޮމިޝަނާއޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޙިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ދިވެހިރާއްޖެއަކީ އަމާންތަކަށް ޙެދުމަށްޓަކައި ދިވެހި ފުލުހުން ރެއާއި ދުވާލު މަސައްކަތްކޮށްފައިވާ ކަމަށް ދިވެހި ރައްޔިތުން ޤަބޫލުކުރައްވާނެ ކަމަށެވެ. އަދި ދިވެހިރައްޔިތުން ،ކުށްކުރާ ފަރާތްތަކުގެ މިލްކެއްގެ ގޮތުގައި ދިވެހި ފަސްގަނޑު ވިޔަނުދިއުމަށްޓަކައި، ދިވެހި ފުލުހުންގެ ލެއާ ފުރާނައިން އަޤުދައްކައިފައިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝުޖާއު ވިދާޅުވީ، ރައްޔުތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ އަމިއްލަ ފުރާނަ ޤުރުބާން ކޮށްފައިވާކަން ފާއިތުވި 20 އަހަރު ދުވަހަށް ބަލާލުމުންވެސް ފެންނަށް ހުންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ޝަހީދު އާދަމް ޙަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިޒްބާހު އަބްދުﷲ ފަދަ ޝަޙީދުވެފައިވާ އެތައް ބޭފުޅުންތަކެއްވާކަން ވަނީ ފާހަގަކުރައްވައި ފައެވެ. އަދި މިއަދުވެސް ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާތަށް ލިބިފައިވާ އެތައް ފުލުހުންނެށް އެބަތިބި ކަމަށް ވަނީ ވިދާޅުވެފައެވެ.
“ ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށްޓަކައި ދިވެހި ފުލުހުންގެ އަމިއްލަ ފުރާނަ ޤުރުބާންކޮށްފައިވާކަން މިކުރު މާޒީގައި ފެންނަށް އެބަހުރި، ޝަހީދު އާދަމް ޙަލީމް، ޝަހީދު އަލީ ނާޒިމް، ޝަހީދު މިޒްބާހު އަބްދުﷲ އަދި ޑިއުޓީ އަދާކުރުމުގައި ބޮޑެތި އަނިޔާ ތައް ލިބިފައިވާ އެތައް ފުލުހުނެއް، އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަތިބި“ ޝުޖާއު ވިދާޅުވި އެވެ.
ފުލުހުންގެ ޙިދުމަތުގައި 20 އަހަރު މާޒީގެ ބަތުލުންނަކީ އެއީ ކަމަށާއި އަދި އެ ޙިދުމަތުގައި ޝަހީދުވެގެން ދިޔަ ބަތަލުންގެ ފުރާނަތަކަށް ސުވާރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ވަނީ ދުއާ ދަންނަވައިފައެވެ. ޝުޖާއުވަނީ ނިމިދިޔަ ހަފްތާ ތެރޭގައި މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރުދިން ހާދިސާއަށް އަލި އަޅުވައިލައިފައެވެ. އަަދި އެ ހާދިސާގައި އެ އަންހެން މީހާ ސަލާމަތް ކުރުމަށްޓަކައި ކުރެއްވި ސަސްޕްކެޓް ވެއްޓުނު ވަގުތު އަތުހަރުގެ އަތުގައި އޮތް ތޫނު ހަތިޔާރުން ސަސްޕެކްޓް ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހަކަށް އަނިޔާ ލިބުނު ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ޙާދިސާގައި އެތަނުގައި ހަރަކާތްތެރިވި ފުލުހުގެ އިނގިލިތައް ޒަހަމްވި ކަމަށާއި އެކަމުގެ ސަބަބުން ބޮޑު އަނިޔާ އަކުން ސަލާމަތްވި ކަމަށް ވިދާޅުވިއެވެ.

