”އެލައިޑް ލައިފް ޕްރޮމޯޝަން“ ގެ ނަމުގައި 50 އިންސައްތައިގެ ޑިސްކައުންޓާއެކު އެލައިޑްއިން ޕްރޮމޯޝަނެއް ތަޢާރަފްކޮށްފިއެވެ.
އެލައިޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ”އެލައިޑް ލައިފް“ ޕޮރޮމޯޝަނާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާން ވިދާޅުވީ، ލައިފް ޕްރޮމޯޝަން މި އަހަރުގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ. ފިރުޝާން ވިދާޅުވީ ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި އެންމެ ފުރަތަމަ ނަގާ 50 ލައިފް އިންޝުއަރަންސް ޕްލޭން ގުނާނީ އިންޑިވިޖުއަލް ޓާމްގެ އިންޝުއަރަންސް ޕްލޭން ނުހިމަނާ ކަމަށެވެ.
މި ޕޮރޮމޯޝަނުގެ ދަށުން އެލައިޑް ލައިފް އިންޝުއަރެންސްގެ ޕްލޭނެއް ބައްލަވައިގަންނަވާ ފުރަތަމަ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕްރިމިއަމްއިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.
ލައިފް އިންޝުއަރަންސް ޕްލޭންސް މެދުވެރިކޮށް މާލީ ރައްކާތެރިކަން ހޯދައި ސްމާޓް ސޭވިންގ ޗޮއިސްއަށް ހޭލުންތެރިކަން އުފައްދާ، މުޖުތަމައުގެ ވަކިވަކި ފަރުދުން ބާރުވެރިކުރުވުމުގެ ޕްރޮމޯޝަންގެ ތެރެއިން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބާއެކު ކުރިއަށްގެންދާ ފޯރިގަދަ އާއިލީ ހަވީރު؛ ”އެލައިޑް ފެސްޓް“ މި އަހަރު ވެސް ކުރިއަށްދާނެ އެވެ.
މީގެ އިތުރުން، އެކި ވުޒާރާތަކާއި އޮފީސްތަކަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް އެލައިޑުން ވަނީ ރާވާފައެވެ.
އެ ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެލައިޑުގެ ހޮޓްލައިން ނަންބަރ 1600 އަށް ގުޅުއްވާއި އަދި ވެބްސައިޓްގެ ލައިވް ޗެޓް ހިދުމަތް ވެސް ލިބިގެންދާނެ އެވެ.

