ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަހީނު ކުރި އަންހެންމީހާ ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހަކަށް ޒަހަމްވެފައިވޭ: ޝުޖާއު

ދިވެހި ފުލުހުންގެ ޙިދުމަތުގެ ދުވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު ގެއެއްގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކި މީހާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ އޮފިސަރަކު ޒަހަމްވި ކަމަށް ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޝުޖާއު ވިދާޅުވީ، ފުލުސް މީހާގެ އަތުގައިހުރި އިގިލިތަކަށް ލިބުނު އަނިޔާއަކީ ރަހީނުކުރި މީހާ ސަލާމަތްކުރަން އުޅުމުގެ ބުރަ މަސައްކަތުގެ ތެރެއިން ލިބިފައިވާ އަނިޔާއެއް ކަމަށެވެ. އަދި ފުލުހުން ކުރާ މަސައްކަތަކީ ރިސްކުއޮތް މަސައްކަތެއް ކަމަށާއި އެކަން ފުލުހުންނާއި އެމީހުންގެ އާއިލާތަކުން ޤަބޫލުކުރައްވައި ކަމަށެވެ. ކޮމިޝަނަރ ޝުޖާއު ވިދާޅުވީ، ކޮންމެ ފުލުހަކުވެސް ބަލަނީ ކޮންމެ ދުވަހަކު ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި ކުރަމުންދާ މަސައްކަތުގެ ތެރޭގައި ފުލުހުންނަށް ތަޢުރީފުކުރުމާއި ފާޑުކިއުމަކީ މަސައްކަތުގެ ބައެއް ކަމަށް ޤަބޫލުފުޅު ކުރައްވައި ކަމަށެވެ.

”މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތަކު ސަލާމަތް ކުރަން އެ ކުރި މަސައްކަތުގައި ސަސްޕެކްޓް ވެއްޓުނު ވަގުތު އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ސަސްޕެކްޓް ސަލާމަތް ކުރުމުގެ ތެރޭގައި ފުލުހަކަށް ލިބުނު އަނިޔާ އެއީ އަދި އެއްވެސް މީޑިއާއެއްގައި އޮތް ވާހަކައެއް ނޫން،“ ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތުގެ ނާޒުކުކަމާއި، ފުލުހުން ދުވަހުން ދުވަހަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވައިލައްވައި ކޮމިޝަނަރ ޝުޖާއު ވިދާޅުވީ، މީޑިއާގައި ފުލުހުންގެ މަސައްކަތާއި ގުޅޭގޮތުން ހިއްސާ ކުރައްވައި ޙަބަރުތަކުގައި ފުލުހުންނަށް ކުރިމަތިވާ ނުރައްކާތަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ. އަދި ފުލުހުންނަށް ސޯސަލް މީޑިއާ މެދުވެރިކޮށް ބިނާކުރަނިވި ފާޑު ކިއުންތައް އަންނަ ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި މީޑިއާތަކުން ވަރަށް ގާތްކޮށް މަސައްކަތް ކުރާ ކަމަށާއި، ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: