ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންވެސްޓާރ ރެޒިޑެންސީ ޕްރޮގްރާމެއް ހިންގަނީ!

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންވެސްޓަރުންނަށް ރެސިޑެންސީ ލިބޭ ޕްރޮގްރާމެއް ތައާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައިވާކަމަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ކެބިނެޓުގެ ބައެއް ނިންމުންތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައިގަނޑު ގޮތަކަށް ހިއްސާކޮށްފައި ވަނީ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުންފުނިތައް އެއްލައި މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ މައުލޫމާތެވެ. އަދި އެހެން މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމުގެ ތަފްސީލު ދެއްވައި ސައީދު ވިދާޅުވީ އިގްތިސާދު ސިންދަފާތު ކުރަން އިތުރަށް ފަހިވާނެ ނިންމުންތަކަށް ސަރުކާރުން އިސްކަންދޭކަމަށެވެ. ސައީދު ވިދާޅުވީ މި ނިންމުން ވެސް ވެގެން ދާނީ ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރުތައް ވަންނާނެ ނިންމުމަކަށް ކަމަށެވެ.

ޕްރޮގްރާމް ގެންދާނެ ގޮތުގެ މިސާލެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ ގާފަރުފަޅު ނޫނީ ފުށިދިއްގަރުގެ ހިސާބެއްގައި ތަރައްގީ ކުރާ ރެސިޑެންސް ވިސާ ހޯދުމެވެ. ސައީދު ވިދާޅުވީ މިހާރު ވެސް ބައެއް ރިސޯޓުތަކުގައި އެފަދަ އުސޫލުން ތަންތަން ދޫކުރާކަމަށާއި، ރެސިޑެންސީ ޕްރޮގްރާމުން އިންވެސްޓަރުންނަށް އެ އިތުބާރު ކުބޭނެކަމަށެވެ.

ސައީދު ވިދާޅުވީ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމާ ގުޅޭގޮތުން ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް މިއީ.. ދެން މިކަމުން ކުރިއެރުންތަކެއް ލިބިފައި އެބަހުރި… ދުނިޔޭގެ އެންމެ ފުންނާބު އުސް ބައެއް ކުންފުނިތަކާއި އެކު މިދަނީ މަސައްކަތް ކުރަމުން..

މީގެއިތުރުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމު ގެންނަނީ އެކަމަކު ބޭރުގެ ފަންނީ ފަރާތްތަކުގެ މަޝްވަރާއާއިއެކު ރާއްޖެއަށް ގުޅޭނެ ގޮތަކަށް ކަމަށެވެ. ރެސިޑެންސީ ޕްރޮގްރާމްތައް ދުނިޔޭގެ އެހެން ގައުމުތަކުގައި ކުރަނީ އެކަމަށް ހާއްސަ ކުންފުނިތައް މެދުވެރިކޮށް ޕްރޮމޯޓު ކުރެވިގެންކަން ޒަމީރު ވަނީ ފާހަގަކުރައްވާފަ އެވެ.

ސަރުކާރުން މިއަދު ނިންމާފައިވާ އިންވެސްޓާސް ރެސިޑެންސީއަކޫ ވަކު މުއްދަތަކަށް ކަނޑައެޅިފައިވާ އަދަދަކަށް ފައިސާ ގައުމެއްގައި އިންވެސްޓު ކުރުމުން ދޭ ވިސާ އެވެ. މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި، ހިންގަމުން ދާ ޕްރޮގްރާމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: