ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރުން އެއީ އެމްޑީޕީގެ ސަރުކާރުން ކުރި މަސައްކަތެއް: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިސަރުކާރުން އައު މަސައްކަތެއްގެ ގޮތުގައި ”އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން“ ވިދާޅުވި ނަމަވެސް އެ މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް “ ކޯޕަރޭޓް ރެސިޑެންސީ ވިސާ“ ގެ ނަމުގައި އެއްކޮށް ނިންމާފައި އޮތް މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ ގާނޫނުގައި ނެތަސްވެސް ރައީސް ޔާމީނުގެ ސަރުކާރުންވެސް އެފަދަ ޚިދުމަތެއް ފޯރުކޮށްދީފައިވާކަމަށެވެ. ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް ކަމަށް ވިދާޅުވިއެވެ.

އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީ ސަރުކާރުން ކޮށްފަހުރި މަސައްކަތްތައް އެއީ މި ސަރުކާރުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއްނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނީ ކަމަށާއި، އިންޑިއާ މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވަން އުޅެނީ ކަމަށެވެ. މި ކަން ހުއްޓާނުލައްވާ ކުރިއަށް ގެންދަވަން ނިންމެވުން އެއީ ހެޔޮފާލެއްކަމަށާއި އަދި އެކަމަށް ސަރުކާރަށް މަރުހަބާ ދަންނަވާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: