ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތުހަރު އޮތީ ވެންޓިލޭޓަރުގައި، އެޗްއާރުސީއެމްއާއި އެންއައިސީ މައްސަލަ ބަލަނީ

މާލޭ މަގުމަތީ އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު:
ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދައްކައި ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރ އާދަމް އަތުހަރަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް ފުލުހުން ބުނެފި އެވެ.

ވަޅިއަކުން ބިރު ދައްކައި އަންހެނަކު ރަހީނު ކުރި މައްސަލައިގައި ށ. މިލަންދޫ، ހެޕީލޭންޑު އަތުހަރު ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓައި، އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ މިރޭގެ ވަގުތެއްގަ އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އަތުހަރަށް މިވަގުތު ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އަތުހަރު ވަނީ އަންހެން މީހާގެ ކަރުގައި ވަޅިއެއް ޖައްސައި އެ ސަރަހައްދު ދޫކޮށްދާން މަސައްކަތްކޮށްފަ އެވެ. އަދި އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނެރެ، އޭނާ ސައިކަލަށް އަރުވައިގެން ފިލަން އަތުހަރު މަސައްކަތްކުރި އެވެ. އަތުހަރު ދާން ބޭނުންވި ގެއާއި ކައިރި ސަރަހައްދަކުން ފުލުހުން އޭނާ ހައްޔަރުކޮށް އަންހެން މީހާ ސަލާމަތް ކުރީ އޭނާގެ ގައިގައި މުގުރުން ޖެހުމަށް ފަހު އެވެ. އެ ހާދިސާގެ ތެރޭގައި އަތުހަރަށް އަނިޔާވި ނަމަވެސް ފުލުހުން ބުނީ އަންހެން މީހާއަށް އަނިޔާއެއް ލިބުފައި ނުވާކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 38%ބޮޑު ޖޯކެއް 8%ހައިރާންވެއްޖެ 0%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: