ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ ފީތައް ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދީފި

މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލަޮޖީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިނަމާތައް ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދީފިއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލިޖީއިން ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާ ގުޅިގެން ދޫކުރާ ހުއްދަތަކަށް ވަޒީފާއާއި ބެހޭ ޤާނޫނާއި ޤަވާއިދުގެ ދަށުން، ވަޒީފާދޭ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000 ( އެއްލައްކަ ) ރުފިޔާ އަށްވުރެ މަދުން ދައްކަންޖެހޭ ފަރާތްތަކުން، މި މަހު 16 ވަނަ ދުވަހުގެ ކުރިން ފީތަކާއި ޖޫރިމަނާތައް ދައްކާ ޙަލާސްކުރުމަށް އަންގައިފައެވެ. އަދި އެ ދުވަހުގެ ނިޔަލަށް، ފީތަކާއި ޖޫރިމަނާތައް ދައްކާ ޙަލާސްނުކުރާ ފަރާތްތައް އާންމުކޮށް ޢިއުލާން ކުރުމާއެކު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑްކޮށް އައު ހުއްދަތައް ދޫކުރުން މެދުކަނޑާލެވޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނެފައިވަނީ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކާ ހަލާސްކުރުމަށް ދަތިވާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅަމުން އަންނަ ކަމަށެވެ. އެގޮތުން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއް ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކައި ހަލާސް ކުރުމަށް ސަރުކާރާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެފައި ވެއެވެ. މިނިސްޓްރީން ބުނެފައިވަނީ މި އެއްބަސްވުމުގެ މުއްދަތާއި އިތުރު މައުލޫމާތު އެކްސްޕެޓް ސިސްޓަމުން ލިބެން ހުންނާނެ ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 1500 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: