ރާއްޖޭގެ އެގްރިކަލްޗާ އިކޮނޮމިކް ޒޯނު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެގްރޯނެޓުގެ މަސައްކަތްތައް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯނުގެ ދަށަށް ބަދަލުކުރުމުން ދަނޑުވެރިކަން އިތުރަށް ފުޅާކުރެވޭނެ ކަމަށެވެ. އުތުރުތިލަފަޅުގައި ޒޯން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދެކުނާއި އުތުރުގައިވެސް އެގްރިކަލްޗާ ޒޯން ތަކެއްގެ ގޮތުގައި ހިންގުމަށްް ރައީސް ބޭނުންފުޅުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
“ އެޤްރިކަލްޗާ އެކޮނޮމިކް ޒޯންގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަހަރު ފަހުކޮޅު ތެރޭގައި އަމަލީ މަސައްކަތްވެސް ފެށިގެން ކުރިއަށްދާނ، އެއީ 250 ވަރަކަށް އެމެރިކާ ޑޮލަރުގެ ބޮޑު މަޝްރޫއެއް، އެގްރިކަލްޗަރގެ ޒޯންތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ މާލެ އޭރިޔާގެ މި ހިނގާ މަޝްރޫއު ގޮތަށް ރާއްޖޭގެ އުތުރާއި ދެކުުނުގައިވެސް މިފަދަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުން“ މިނިސްޓަރ ވިދާޅުވިއެވެ.
އެ މަޝްރޫއަކީ 250 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާއި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހާބާ އިންޖިނިއަރިން ކޮމްޕެނީ އާއި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ދަނޑުވެރިކަމުގެ މި މަޝްރޫއަކީ މިހާތަނަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އަދި އެ ޒޯނުގައި އާންމުކޮށް ރާއްޖޭގައި ބޭނުންކުރަމުންދާ 15 ބާވަތެއްގެ ތަރުކާރީއާއި މޭވާ ބާޒާރަށް ނެރެވޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނީގެ ބައެއްގެ ގޮތުގައި އެގްރޯނެޓް ހިމެނުމަކީ ދަނޑުވެރިންނަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.
“ އެންމެ ނަފާވެރިކަން ބޮޑުވާނީ މި ދެ ކުންފުނި ސިނަޖާއިސް ކޮށްގެން ކަމާއި މާނައަކީ އެގްރިކަލްޗާރ އެކްނޮމިކް ޒޯންގެ ބިޔަ މަސައްކަތުގެ ތެރެއިގައި އަދި އެ ގްރޯނެޓުގެ ތެރޭގައި ވެސް ހަރަކާތްތެރި މިހާރު އެވާ ސްޕޭސްގައި ރާއްޖޭގެ އަތޮޅު ތެރޭގައި ވެސް އެބޭފުޅުންނަށް ހަރަކާތްތެރިވާން މާޗްކޮށްގެންކަން“ މިނސްޓަރ ވިދާޅުވިއެވެ.

