ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓު މައްސަލައިގައި ފުލުހުން ކޯޓަށް ދިނީ ދޮގު މައުލޫމާތު: ހައިކޯޓު

ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ހިނގި އެކްސިޑެންޓްގެ މައްސަލާގައި ފުލުހުން ދޮގުހަދައި، ދޮގު މައުލޫމާތު ދީފައިވާކަމަށާއި އެކަން ކަމާއި ބެހޭ އިދާރާތަކުން ބަލަން ޖެހޭކަމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފި އެވެ.

މި މައްސަލައިގައި ދެ ފަރާތުން ދައްކާފައިވާ ދިމާނުވާތީ ދަށު ކޯޓުގެ މުއްދަތު މަޖިލިސް ރެކޯޑިން ހޯދައި މުއްދަތު މަޖިލީހުގައި ވަކީލުންގެ ހައްގާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ވޭތޯ  ހައިކޯޓުގެ ފަނޑިޔާރުން ވަނީ ބައްލަވާފަ އެވެ. އެގޮތުން އެފަދަކަމެއް ފަނޑިޔާރުންގެ ފަރާތުންނާއި މަޖިލީހުގައި ބައިވެރިވި އެއްވެސް ފަރާތަކުން ފާހަގަކޮށްފައި ނުވާކަމަށް ހައިކޯޓުގެ އަމުރުގައި ވެއެވެ.

މިއީ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފުލުހުންގެ ފަރާތުން ދީފައިވާ ދޮގު މައުލޫމާތަކަށް ވާތީ، ކަމާއި ބެހޭ ފަރާތްތަކުން މައްސަލަ ބަލައި ތަހުގީގު ކުރަންޖެހޭކަމަށް އަމުރުގައި ވެއެވެ.

ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ގާނޫނީ ވަކީލުން އައްޔަނުވުމުގައި ކަން ހިނގާ ގޮތަށް ބަލާއިރު އެންމެ ފުރަތަމަ ވަކީލު އައްޔަނު ކުރަންވާނީ ފުލުހުންގެ ހިދުމަތަށްކަމަށާއި އަދި ފުލުހުންގެ ފަރާތުން ވަކީލު ބަލައިގަނެ އެކަން ސީދާ ވަކީލަށް އައްޔަނު ކުރަންޖެހޭނެކަމަށް އަމުރުގައި ވެއެވެ. އަދި ވަނީ ވަކީލު ބަލައިގެންކަން ފުލުހުން އެންގުމުގެ ކުރިން ތުހުމަތުގައި ނުވަތަ ބަންދުގައި ހުރި މީހާގެ އެއްވެސް މައުލޫމާތެއް އައްޔަނު ކުރާ ވަކީލަކަށް ނުދޭނެކަމަށް ހައިކޯޓުގެ ޝަރީއަތުގައި ފުލުހުން ބުނެފައިވާކަމަށެވެ.

އެހެންކަމުން ވަކީލުގެ ފަރުދީ ޒިންމާގެ ތެރެއިޖން މައްސަލައިގައި މުއްދަތު ޖަހާނެ ގަޑިއާއި މުއްދަތު ޖަހަން ގެންދާނެ ކޯޓެއް ވަކީލަށް ކަށަވަރު ކުރެވޭނެ ގޮތެއް އަތްކަމަށް ނުދެކޭކަމަށް ވަނީ ބުނެފަ އެވެ.

އަކްރަމްގެ ވަކީލެއްކަމަށް އައްޔަނުވުމަށް ފޯމު ހުށަހެޅި ވަގުތާއި ބަލައިގަތް ވަގުތާއި އައްޔަނު ކުރި ވަގުތާއި މުއްދަތު ޖަހަން ދިޔަ ވަގުތު އަދި ހުރިހާކަމަކަށް ބަލާއިރު މައްސަލައިގައި ވަކީލެއްގެ ފުރުސަތަށް އެދި ހެނދުނު 07:23 ގައި ހުށަހަޅާފައިވާއިރު ބަންދާއޮ މެދު ގޮތެއް ނިންމުމުގެ މަޖިލިސް އެދުވަހުގެ ހެނދުނު 10:00 ގައި ކޯޓަށް ހާޒިރުކޮށް ބަންދުގެ މަޖިލިސް ކުރިޔަށް ގޮސް އެ މަޖިލިސް ނިމުނުއިރު މައްސަލައިގައި ވަކީލަށް އެއްވެސް މައުލޫމާތެއް އަންގާފައި ނުވާކަމަށެވެ. އަދި ވަކީލަކު އައްޔަނުވުމަށް، އެދި ފޯމެއް ހުށަހަޅާފައިވާކަން ފަނޑިޔާރުންގެ ސަމާލުކަމަށް ވެސް ގެނެސްފައި ނުވާކަމަށް ހައިކޯޓުގެ އަމުރުގައި ވަނީ ބުނެފަ އެވެ.

ފުލުހުން އަމަލު ކުރި ގޮތުގެ ސަބަބުން އިސްތިއުނާފު ކުރާ ފަރާތަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށް އަސަރުކޮށްފައި ވާތީ އެކަން ބަލައި އިތުރަށް ތަކުރާރު ނުވާނެ ގޮތެއްގެ މަތީން އިންތިޒާމުތައް ރާވަން ޖެހޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: