ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަސްލީމް ގެއްލުން: ސުވާލު އުފެދި، ޝައްކުވާ ކަންތަކެއް ހުރުމުން ޖިނާއީ ތަހުގީގެއް ހިންގަނީ

ގެއްލިގެން ހޯދަމުން އަންނަ ތަސްލީމް މުހައްމަދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ރިޕޯޓު ކުރި ތަސްލީމުގެ މައްސަލައިގައި ޖިނާއީ ކަންތަކެއް ތަހުގީގު ކުރެވި ފުލުހުން ތަހުގީގު ފަށައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތަސްލީމު ގެއްލުނު މައްސަލައިގައި ޝައްކު ކުރެވޭ ކަންތަކެއް ހުރުމުން ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ފަށާފައިވާކަމަށެވެ. އަދި ތަސްލީމު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ބުންޏެވެ.

ތަސްލީމް ގޮސް އުޅުނީ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތާއި ގުޅޭގޮތުން އެމްއެންޑީއެފް ބުނީ އޭނާ ހޯދުމަށް ފިނޮޅުގެ ވަށައިގެން 5،000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން އަދި 3،000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑްގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.

އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައި ވަނީ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގަ އެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ވަގުތެއް، އޭނާއާ ބެހޭ ގޮތުން ފުލުހުން އާންމުކުރި މައުލޫމާތުގައި ބުނެފައެއް ނުވެ އެވެ.

ތަސްލީމްއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކަށް އެއްވެސް މައުލޫމާތެއް އެނގޭނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9794639 ގުޅައި އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: